އިސްލާމީ އިގްތިސާދުގައި ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ޑރ. މުނީޒާ!

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުނީޒާ -- ފައިލް ފޮޓޯ

އިސްލާމީ ވިޔަފާރި މުޖުތަމައުގައި އެންމެ މަގުބޫލު، އަދި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ޑރ. އާއިޝަތު މުނީޒާ ހިމެނިއްޖެއެވެ.

ޑރ .އާއިޝަތު މުނީޒާއަކީ ކެޕިޓަލް މާކެޓް ޑިވެލޮޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހެޑް އޮފް ފައިނެންޝަލް ސާވިސެސްއެވެ.

"އިސްލާމިކާ 500" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ނެރޭ މި ބިޒްނަސް ގައިޑުގައި ހިމެނެނީ އިސްލާމީ ދުނިޔޭގެ އިގްތިސާދުތަކުގައި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ވަނަވަރުތަކެވެ.

ވިމެން އޮން ބޯޑްސް ޖަމިއްޔާގެ ނައިބު ރައީސާކަން ވެސް ކުރައްވާ ޑރ. މުނީޒާއަކީ، ކެޕިޓަލް މާކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާޕާސަނެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަންވެސް މެއެވެ. އަދި ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނަވައި، އެކުންފުނީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ" އުފެދިގެން ދިޔައީ ޑރ. މުނީޒާ ގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި އިސްލާމިކް ބޮންޑު "ސުކޫކު"ގެ ސްޓްރަކްޗާ ހެއްދެވީ ޑރ. މުނީޒާއެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާ ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ސްޓަޑީޒްގެ ރީސާޗް އެސޯސިއޭޓެއްގެ ގޮތުގައި މުނީޒާ ހުންނެވި އިރު، އޭނާއަކީ އޮސްޓްރޭލިއާ ޝަރީޢާ ބޯޑު ފޯރ އިސްލާމިކް ފައިނޭންސްގެ މެމްބަރެކެވެ.

comment ކޮމެންޓް