ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދުއަށް 48،000 ރުފިޔާ ދައްކަން އަމިއްލަ މީހަކަށް ސިވިލް ކޯޓުން އަންގައި ހުކުމް ކޮށްފި އެވެ.
އަބްދުއްނާސިރު އަހުމަދު، މ. ޒެންތްރަމް ގެ މައްޗަށް ޖައުފަރު ދައުވާކޮށްފައި ވަނީ އޭނާގެ އަތުން ނަގާފައިވާ 88،000 ރުފިޔާގެ ތެރެއިން ނުދައްކާ ފައިސާ ހޯދުމަށެވެ.
އެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާގެ ތެރެއިން 40،000 ރުފިޔާ ލިބިފައިވާކަން ޖައުފަރުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.
ބާކީ ދައްކަން ޖެހޭ 48،000 ރުފިޔާގެ ތެރެއިން އެއްބައި ޖެނުއަރީ 25ގެ ކުރިން އަދި އަނެއްބައި ފެބުރުއަރީ 20ގެ ކުރިން ދައްކަން ކޯޓުން ވަނީ އަބްދުއްނާސިރަށް އަންގާފަ އެވެ.