އެމްޕީއެލްގެ ސީއީއޯއަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ، މުވައްޒަފަކު ހައްޔަރުކޮށްފި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު --- ސަން ފޮޓޯ

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމްޕީއެލްގެ ސީއީއޯއަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެނގިފައިވާގޮތުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްޕީއެލްގައި ވަޒީފާ އަދާކުރާ އުމުރުން 60 އަހަރުގެ ފިރިހެނެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް

comment އެކުވެރިޔާ

8 year 3 month ago

ބޭބެއަށް އެ ބުނެވުނީ އަސްލު އެއްޗެއް ހެނެއް ހިޔެއްނުވޭ! ބޭބެ މީ އަސްލު މީހަކަށް ނުވީމަ ކަންނޭގެ އެވަރަކުން ތަޙްޤީޤް ކޮއްގެން މައްސަލަ ބަލަން ފެށީ!! ސުވާލަކީ ބޭބެ މުއްދަތު ޖަހަން ޖެހުނީ ޤާނޫނު އަސާސީގަ ބުނާ ހެއްކަށް ނުފޫޒު ފޯރުމާއި ، ހެކި ނައްތާލުމާއި، ފިލާފާނެތީއާއި ، މުޖުތަމަޢުއަށް ނުރައްކާވެދާނެތީތޯ ؟؟؟

comment މަޖީދު

8 year 3 month ago

ކިހާ ދެރަކަމެއް. އެވެރިންގެ ދަލުގަ ޖެހިގެން ހަމަ ނުހުރެވިގެން ހެދޭ ނުހެދޭވެސް ނޭގި ކިޔޭ ނުކިޔޭ ނޭނގި އެއްމެ ފަހުން މަރުގެ އިންޒާރުވެސް މީހުނަށް ދޭން ފެށީ... ހެޔޮވާނީ ކިހިނެއް އަޅެ.

comment އަހުމަދު

8 year 3 month ago

ބޭބެ އަށް އަދި ނުވިސްނެނީ.އިރާދަ ކުރެއްވިއްޔާ ފަހުން ރަގަޅުވާނެ.

comment ސަނަން

8 year 3 month ago

ބޭބެ ތި ޢުމުރަށް ދިޔައިމަ މީހުންނަށް އިންޒާރު ނުދީ އަމިއްލަ އަށް ތައްޔާރު ވާންވީ މި ފަނާވަނިވި ދުނިޔެ ހެޔޮގޮތުގައި ދޫކޮށް ދާއިމީ ގޮވައްޗަށް ދިއުމަށް. ނުބައި ވެގެން ނުލަފާ ވެގެން ހަރުކަށި ވެގެން ލިބޭނެ މަންފާއެއް އެދުވަހަކުން ނޯންނާނެ. މަންފާ ކުރާނީ ކޮށްފައިވާ ހެޔޮ ޢަމަލަކުން. މީހުންނަށް ހެޔޮކޮށް ހިތަންވީ، ހެޔޮ ޢަމަލު ގިނަ ކުރަންވީ، ފަހަތަށް އެނބުރިބަލާލަންވީ 60 އަހަރު ހޭދަކޮށް މިހިސާބަށް މިއާދެވުނީ ރަނގަޅު ގޮތުގައިތޯ. ގިނައިން ތައުބާވެ ﷲ އަށް ބިރުވެތިވެ ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ރިވެތި ގޮތުގައި އުޅެ ދަތުރު ނިންމާލަންވީ.