ސްކިލް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ހޮލިޑޭ ޕެކޭޖް ކާމިޔާބު ކަމާއެކު ނިންމާލައިފި

ސްކިލް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ހޮލިޑޭ ޕެކޭޖް ގައި ބައިވެރިވި ބައެއް ކުދިން --- ފޮޓޯ/ ސްކިލް

ސްކޫލް ބަންދު ތެރެއަށް އަމާޒުކޮށްގެން ހިންގި ސްކިލް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ "ހޮލިޑޭ ޕެކޭޖް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގެ ފައުންޑާ ދިމްނާ ފާކިރު ވިދާޅުވީ، ނޮވެމްބަރު މަހުގެ 20 އިން މިއަދުގެ ނިޔަލަށް ހިންގި އެ ޕްރޮގްރާމްގައި ތިން އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާއިގެ ޖުމްލަ 40 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

މިއަދު ކާމިޔާބު ކަމާއެކު ނިންމާލި ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ވަނީ ސެޓްފިކެޓް ވެސް ދީފައެވެ. ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޖިސްމީސެލޫންގެ ފައުންޑާ އަދި އޯނަރު ޖިސްމީއެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ހޮލިޑޭ ޕެކޭޖް ގައި ބައިވެރިވި ކުދިންނާއެކު އެ ސެންޓަރުގެ އޮފިޝަލުން --- ފޮޓޯ/ ސްކިލް

ސްކިލް ޓްރެއިން ސެންޓަރުން ބުނިގޮތުގައި، އެ ޕްރޮގްރާމްގެ މަގްސަދަކީ އުފާވެރި މަޖާ މާހައުލެއްގެ ތެރޭގައި އިޖްތިމާއީ ތައުލީމީ އަދި ކްރިއޭޓިވް އާޓްސްގެ ބައިތައް ހިމަނައިގެން ރަނގަޅު ގޮތުގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމެވެ.

އެގޮތުން ކެއްކުމާއި ވާހަކަދެއްކުމުގެ ހުނަރުފަދަ ގިނަ ހުނަރުތަކެއް ހިމަނައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްތަކުގެ ތެރޭން ކޮންމެ ޕްރޮގްރާމެއް ވެސް ހިންގަނީ 10 ދުވަހަށެވެ.

ވަކި ފީއެއް ނަގައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ޖުމްލަ ތިން ޕްރޮގްރާމެއް ހިންގާނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.

ދިމްނާ ވިދާޅުވީ، އެ ސެންޓަރުގެ ހޮލިޑޭ ޕެކޭޖްތަކަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންކަމަށެވެ. އެގޮތުން މިމަހުގެ ހަތަރެއްގައި ފަށާ ޕެކޭޖް ދޭއްގައި ވެސް 40 ކުދިން ބައިވެރިވާ ކަމަށާއި ކުރިއަށް އޮތް ޕްރޮގްރާމްގެ ޖާގަތައްވެސް ގާތްގަނޑަކަށް ފުރިފައިވާކަމަށެވެ.

comment ކޮމެންޓް