އޭސް ހާޑްވެއާގެ އަހަރީ ދުވަހާއެކު ސައިކަލަކާއި ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް!

މީގެ ފަސް އަހަރު ކުރިން ރާއްޖެއަށް ތައާރަފްކުރި އޭސް ހާޑްވެއާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޮޑެތި ޑިސްކައުންޓް ތަކަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް "ބޮޑު 5"ގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ފިހާރައިން ކުރާ ކޮންމެ 299 ރުފިޔާ އަކަށެވެ. އެގޮތުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޔަމަހާ ޖީޓީ 125 ސައިކަލެއް ވަނީ ހުށަހަޅާފައެވެ.

އޭސް ހާޑްވެއާއިން ބުނީ، ޕްރޮމޯޝަންގައި ބަދިގެއަށް ހާއްސަ ތަކެއްޗާއި އެހެނިހެން ބާވަތުގެ މުދަލުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުވި އެއްބަސްވުމެއްގެ ދަށުން އޭސް ހާޑްވެއާ ރާއްޖޭގައި އިފްތިތާހްކޮށްފައިވަނީ މީގެ ފަސް އަހަރުކުރިން 15 ޑިސެމްބަރު 2011ގައެވެ.

އެ އެއްބަސްވުމުގެ ދަށުން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވިއިރު ދެވަނަ ފިހާރައެއްވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާފައެވެ.

comment ކޮމެންޓް