ޓެކްނޮލެޖީ ފޯ އޯލްގެ ޕްރޮގްރާމެއް ސައިރެކްސް އިން އަންނަ މަހު ހިންގަން ނިންމައިފި

ސައިރެކްސްގެ ދަރިވަރުން މުބާރާތެއްގައި ފައިލް ފޮޓޯ: ސައިރެކްސް ކޮލެޖް

މުޖުތަމައު އަށް ހިދުމަތް ކުރުމުގެ ގޮތުން "ޓެކްނޮލެޖީ ފޯ އޯލް"ގެ ޕްރޮގްރާމެއް އަންނަ މަހު ސައިރިކްސް ކޮލެޖުން ހިންގަން ނިންމައިފި އެވެ.

ސައިރެކްސް ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އަވާ އޮފް ކޯޑް"ގެ ނަމުގައި ކޮމްޕިއުޓާ ސައިންސް އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާން އޮންނާނީ އަންނަ މަހު ފަހަކުން 10ގެ ނިޔަލަށް ސައިރެކްސް ކޮލެޖުގައި ކަމަށެވެ.

ސައިރެކްސް އިން ބުނީ އެ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ގްރޭޑް ތިނަކުން ފެށިގެން ގްރޭޑް ނުވައަކާ ދެމެދުގެ ދަރިވަރުންގެ އިތުރަށް ބޮޑެތި މީހުންނަށް ކަމަށެވެ. ހިލޭ ހިންގާ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

"ޓެކްނޮލެޖީ ފޯ އޯލް"ގެ ޕްރޮގްރާމެއް ސައިރެކްސް އިން މި އަހަރު ކުރިން ވެސް ވަނީ ހިންގައިފަ އެވެ.

comment ކޮމެންޓް