އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމު ލަންކާއަށް

ލަންކާއަށް މިއަދު ފުރި ގައުމީ ވޮލީބޯޅަ ޓީމު: ލަންކާގައި 20 ދުވަހުގެ މުއްދަތަކަށް ތަމްރީންތައް ކުރިއަށްގެންދާނެ --- ސަން ފޮޓޯ/ ރިފްޝާން

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީބޯޅަ ޓީމު ސްރީލަންކާއަށް ފުރައިފި އެވެ.

ލަންކާގެ ކޮލަންބޯގައި ތަމްރީންތައް ފުރިހަމަ ކުރުމަށް ގައުމީ ޓީމު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުރި އިރު، އެ ޓީމަށް އަލްވަދާއު ކިޔާފައި ވަނީ ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފާއި ވީއޭއެމް ބޯޑު މެންބަރުން އަދި ވޮލީގެ ބައެއް އިސް ފަރާތްތަކެވެ.

އެ ޓީމު ލަންކާގައި 20 ދުވަހުގެ މުއްދަތަކަށް ތަމްރީންތައް ކުރިއަށްގެންދާނެ އެވެ. ގައުމީ ޓީމު ލަންކާއަށް ދިއުމާއެކު އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ލަންކާގެ ކޯޗު ވެސް ޓީމާއެކު ބައިވެރިވާނެ އެވެ. ގައުމީ ޓީމުގެ އާ ކޯޗު މިއަދު ރަސްމީކޮށް އިއުލާކޮށްފައިވާ އިރު، ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ލަންކާގެ ކުމާރާ ވެންޑަކޫން އެވެ.

މިއަދު ފުރި ގައުމީ ވޮލީ ޓީމުގައި ހިމެނެނީ 15 ކުޅުންތެރިންނާއި، ދެ އެސިސްޓަންޓް ކޯޗާއި، މެނޭޖަރު އަދި ރެފްރީ އުނައިޝް މުހައްމަދެވެ.

މިއަދު ފުރި ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން:

އިޝާން މުހައްމަދު (ބަޓިސް)، ހުސައިން ވިޝާމް، އަހްމަދު ފާޒިލް، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، އާދަމް ފައިރޫޒް، އަހްމަދު އަނިލް ނަސީރު، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، މުހައްމަދު އަހުސަން، އަލީ ޖަވާމް، މުހައްމަދު ޝާއިން، ހަސަން ނިލާމް، އަޝްފާގު އާދަމް (އައްކަޅޭ)، އާދަމް ނަސީމް، ލުގުމާން ލަތީފް.

ގައުމީ ވޮލީބޯޅަ ޓީމާއެކު ފުރި އޮފިޝަލުން:

އަބްދުﷲ ރަޝީދު – މެނޭޖަރު

އިބްރާހިމް ޝިހާމް – އެސިސްޓަންޓް ކޯޗު

ނިޒާރު އިބްރާހިމް – އެސިސްޓަންޓް ކޯޗު

އުނައިޝް މުހައްމަދު - ރެފްރީ

comment ކޮމެންޓް