އެމްޕީއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ ކުޑަކުދިންގެ ހަވީރެއް

ކުޑަކުދިންތަކެއް ކުޅިވަރު ކުޅެނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މި ހަވީރު އޮންނާނީ މާދަމާ ހަވީރު 16:00 އިން ފެށިގެން 18:00 އާ ހަމައަށް އެމްޕީއެލްގެ މީރު ބަހުރު ބަނދަރުގައި އެވެ.

އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަވީރުގައި ހިމަނާފައިވާ ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިން، ގޯ ފިޝިން، ސްނޭކް އެންޑް ލެޑާ، ބާސްކެޓް ބޯލް ޝޫޓް އަދި ފުޓް ބޯލް ޝޫޓު ފަދަ ހަރަކާތްތައް ހިމެނެއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށި ހިންގާ އެމްޕީއެލް އަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް