ސްކައި ސްޕޯޓްސްގެ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެ އަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގެ ސްޕޮންސަރުން އަދި ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެއަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމުގެ ގޮތުން މި މަހުގެ 26 ވަނަ ދުވަހު އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އިން މާލޭގައި ބާއްވާ ބޮޑު ހަރަކާތުގެ ހުރިހާ ސްޕޮންސަރުނާއި ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ހަރަކާތުގެ ހުރިހާ ސްޕޮންސަރުން އަދި ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މެންދުރު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ.

ރާއްޖެ އަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގެ ސްޕޮންސަރުން އަދި ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެއަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމަށް ބާއްވާ ހަރަކާތުގެ ޓައިޓަލް ސްޕޮންސަރަކީ ސްކައި ގައިޒް އެވެ. މެއިން ސްޕޮންސަރުންނަށް ހެޕީ މާކެޓާއި ޓާކިޝް އެއާލައިން ހަމަޖައްސާފައިވާ އިރު، ޕްރީމިއަމް ޕާޓްނަރަކީ ދަ ބީހައިވް އެވެ.

އެ ހަރަކާތުގެ އެހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ޕާޓްނަރު ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) އާއި، އޮންލައިން މީޑިއާ ޕާޓްނަރު ސަން އޮންލައިން އާއި، އެކޮމޮޑޭޝަން ޕާޓްނަރު އެއާޕޯޓް ބީޗް ހޮޓެލް އާއި، ސޯޝަލް މީޑިއާ ޕާޓްނަރު ޒޯއާޓްސް އާއި، ޕްރައިޒް ޕާޓްނަރު ލޮޓަސް އާއި، ކޭޓެރިންގް ޕާޓްނަރު އެފެސް ކޭކްސް އާއި، ވީޑިއޯ އެންޑް ފޮޓޯގްރަފީ ޕާޓްނަރު ޕޯޓްރެއިޓް އަލްބަމް އަދި ސައުންޑް އެންޑް ލައިޓްސް ޕާޓްނަރު ސްޓޭޖް ކޯރ އެވެ.

ރާއްޖެ އަށް މުޅިން އަލަށް ސްކައި ސްޕޯޓްސް ތައާރަފް ކުރުމުގެ ގޮތުން ބާއްވާ ހަރަކާތުގެ ސްޕޮންސަރުން އަދި ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި މަހުގެ 26 ވަނަ ދުވަހު ބާއްވާ ސްކައި ސްޕޯޓްސް ހަރަކާތުގައި އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފް ކުރެވިގެންދާނެ ސްކައި ސްޕޯޓަކީ ޕެރަގްލައިޑިންގް އެވެ. ތުރުކީގެ ހަތަރު ޕެރަގްލައިޑަރެއް އެ ކުޅިވަރު ދައްކުވައިދޭނެ އެވެ.

އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އަކީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި ސްކައި ސްޕޯޓްސްގެ ހަރަކާތްތައް ބާއްވައި، ބައިނަލްއަގުވާމީ ސްކައި ސްޕޯޓްސްގެ ހަރަކާތްތައް ރާއްޖޭގައި ރާވާ ހިންގާނެ އެސޯސިއޭޝަނެވެ.

އެ ހަރަކާތް ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 19:00ގެ ނިޔަލަށް ރަސްފަންނުގައެވެ.

comment ކޮމެންޓް