ނައިވާދޫއަށް ނަގޫ ރޯޅިއެއް އަރައި އެކިވަރުގެ ގެއްލުންތައް ވެއްޖެ

ހދ. ނައިވާދޫ

މިއަދު އިރުއޮސުނު ވަގުތު ހދ. ނާވައިދޫއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

ނައިވާދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒް މިރޭ 'ސަން' އަށް ވިދާޅުވީ ނަގޫރޯޅި އަރާފައިވަނީ އިރުއޮއްސި 6:00 އެހައިކަންހާއިރު ކަމަށާއި، ބައެއް ގޭގެ އަށާއި ދެ އޮޑިހަރުގެ އަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަގޫރޯޅިއާ އެކު އެރަށު ދެ ގެއެއްގެ ފުރާޅުގެ ޓިނު އެއްލައިލާފައިވާއިރު، ދެ އޮޑި ހަރުގެއެއްގެ ފުރާޅުވެސް އެއްލައިލާފައިވާ ކަމަށެވެ. ނަމަވެސް އެ ދެގޭގައި މިހާރު މީހުން ދިރި ނޫޅޭ ކަމަށް ފާއިޒް ވިދާޅުވިއެވެ.

ނައިވާދޫއަށް އެރި ނަގޫ ރޯޅީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް