ކުޑަހުވަދުއަށް ނަގޫރޯޅިއެއް އަރާ ގެއްލުންވެއްޖެ

ދ. ކުޑަހުވަދޫ---

ދ. ކުޑަހުވަދުއަށް ނަގޫރޯޅިއެއް އަރާ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު ޝާމް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހަވީރު 4:35 ހާއިރު އެރި ރޯޅިއެއްގައި އެރަށު ގެއެއްގެ ފުރާޅުން އަށެއްކަ ގަނޑު ޓިނު އެއްލާލާފައިވާ ކަމަށެވެ.

ކުޑަހުވަދޫ އަށް ރޯޅި އެއް އެރިނަމަވެސް މޫސުން ގޯސް ނޫން ކަމަށް ޝާމް ވިދާޅުވިއެވެ.

"އަނެއްހެން ވިއްސާރައެއްވެސް ނޫން. ނެގި ކުޑަ ވިލާކޮޅެއްގައި ވައި ގަދަވެފައި ރޯޅިއެއް އެތީ. ވާރެއެއްވެސް ނުވެހޭ،" ޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއް ގޭގެ ފުރާޅު އެއްލާލުމުގެ އިތުރަށް ނަގޫރޯޅީގެ ސަބަބުން އިތުރު ގެއްލުމެއް ނުވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުން ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް