މެޖިސްޓްރޭޓުން ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުމަށް ސެމިނާރެއް ބާއްވައިފި

"ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014 އަށް އަހުލުވެރިކުރުމުގެ ސެމިނާރު"ގެ ނަމުގައި ނޮވެމްބަރު ތިނަކުން ފެށިގެން ތިންދުވަހުގެ މުއްދަތަށް، ފ. ނިލަންދޫގައި ކުރިއަށް ގެންދިޔަ އެ ސެމިނާރުގެ ތެރޭން -- ފޮޓޯ: ޑީޖޭއޭ

ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހާއްސަ ސެމިނާރެއް ބާއްވައިފިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014 އަށް އަހުލުވެރިކުރުމުގެ ސެމިނާރު"ގެ ނަމުގައި ނޮވެމްބަރު ތިނަކުން ފެށިގެން ތިންދުވަހުގެ މުއްދަތަށް، ފ. ނިލަންދޫގައި ކުރިއަށް ގެންދިޔަ އެ ސެމިނާރުގައި، ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން 34 މެޖިސްޓްރޭޓުން ބައިވެރި ވެވަޑައިގެންނެވިކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014 އަށް އަހުލުވެރިކުރުމުގެ ސެމިނާރު"ގެ ނަމުގައި ނޮވެމްބަރު ތިނަކުން ފެށިގެން ތިންދުވަހުގެ މުއްދަތަށް، ފ. ނިލަންދޫގައި ކުރިއަށް ގެންދިޔަ އެ ސެމިނާރުގެ ތެރޭން -- ފޮޓޯ: ޑީޖޭއޭ

ޑިޖޭއޭގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، މެޖިސްޓްރޭޓުންނަށް ހާއްސަކޮށްގެން ނިލަންދޫގައި ބޭއްވި ސެމިނާރަކީ، ގާނޫނުލްއުގޫބާތު ތަންފީޒުކޮށް ތަޠުބީޤު ކުރުމާބެހޭގޮތުން މަޝްވަރާކުރުމާއި، ތަޖުރިބާ ޙިއްސާކުރުމުގެ ގޮތުން ބޭއްވި ސެމިނާރެއް ކަމަށެވެ.

ފ. ޖުޑީޝަލް ދާއިރާގެ ވެރިކަންކުރާ ފ. ނިލަންދޫގައި ބޭއްވި ސެމިނާރުގައި ބައިވެރީންނަށް މައުލޫމާތު ދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުއްރައޫފް އިބްރާހީމް އާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛް އާދަމް ޢާރިފެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންނާއި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން، ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ގާނޫނީ އިލްމުގެ ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވައިފައި ވާ މުއައްސަސާއެކެވެ.

comment ކޮމެންޓް