Dhiraagu
Dhiraagu

ސްޓާ ބަކްސްއަށް 4.2 ބިލިއަން ޑޮލަރުގެ ރެކޯޑު ފައިދާއެއް!

ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑް ކަމަށްވާ ސްޓާބަކްސްގެ ސާފު ފައިދާ ރެކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.

Ooredoo

ސްޓާ ބަކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ސާފު ފައިދާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 16 ޕަސެންޓު އިތުރުވެފައެވެ. މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ފައިދާ ވަނީ 4.2 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެ ކުންފުނީގެ މާލީ އަހަރު ފަށަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ދުނިޔޭގެ 75 ގައުމެއްގައި ސްޓާ ބަކްސްގެ 25،085 ކެފޭ ހުރެއެވެ. މީގެ ތެރެއިން 690 ކެފޭ އަކީ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހުޅުވި ކެފޭތަކެވެ.

ސްޓާ ބަކްސްގެ މާލީ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި، އެކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެފޭތަކުގެ ސޭލްސް މައްޗަށް ގޮސްފައިވަނީ ހަތަރު ޕަސެންޓަށެވެ. އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އޭޝިއާ ޕެސިފިކް ރީޖަނާއި ޗައިނާގައި ހިންގާ ކެފޭތަކުންނެވެ. އެގޮތުން އެ ކެފޭތަކުގެ ސޭލްސް ވަނީ 23 ޕަސެންޓު އިތުރުވެފައެވެ.

ސްޓާ ބަކްސްއަށް އެންމެ ބޮޑު ފައިދާ ލިބެމުން އައީ އެމެރިކާ ސަރަހައްދުންނެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާގައި ސްޓާ ބަކްސްގެ 2300 އަށް ވުރެ ގިނަ ކެފޭތައް ހުރި އިރު، 2021 ވަނަ އަހަރުގެ ނިޔަލަށް އެގައުމުގައި ހިންގާ ސްޓާ ބަކްސްގެ ކެފޭތަކުގެ އަދަދު 5000 އަށް އިތުރު ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

"ޗައިނާގައި ހުޅުވާ ކެފޭތައް ހުޅުވުމުން ކުރިއަށް އޮތް ގަރުނުތަކުގައި ކުންފުންޏަށް ބޮޑު ފައިދާއެއް ކުރާނެ،" ސްޓާ ބަކްސްގެ ބޮސް، ހޮވާޑް ޝަލްޓްޒް ވިދާޅުވިއެވެ.

އެ ކުންފުނީގެ ފައިދާ 16 ޕަސެންޓު އިތުރުވެފައިވީ ނަމަވެސް، ޔޫރަޕާއި މެދު އިރުމައްޗާއި އެފްރިކާގައި އެކުންފުނިން ހިންގާ ކެފޭތަކުގެ ސޭލްސް ވަނީ އެއް ޕަސެންޓު ދަށަށް ގޮސްފައެވެ.

Redstar
comment ކޮމެންޓް