ހުޅުމާލެއަކީ އިސް ރަށްވެހީންނަށް ވެސް ހިތްފަސޭހަކޮށްލެވޭނެ ތަނަކަށް ހަދާނަން: ފުއާދު

4 ނޮވެމްބަރ 2016: އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ބޭއްވި ހަވީރު: މި ހަވީރުގައި އިސް ރަށްވެހީންނަށް ހިލޭ މެޑިކަލް ޗެކްއަޕާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވޭ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހުޅުމާލެއަކީ ޒުވާނުންނެކޭ އެއްފަދައިން އިސް ރަށްވެހީންނަށް ވެސް އުފާ ފާޅުކޮށް، ހިތްހަމަޖައްސާލެވޭނެ ތަނަކަށް ހަދާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ފުއާދު ގާސިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެޗްޑީސީއިން އިންތިޒާމުކޮށްގެން މިއަދު ވަނީ، އިސް ރަށްވެހީންނަށް ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. "އިސް ރަށްވެހިން - ތަޖުރިބާގެ ސިކުނޑިތަކެއް"ގެ ނަމުގައި އެޗްޑީސީއިން މި ހަރަކާތް ބޭއްވީ އާސަންދަ، ހުޅުމާލެ ހޮސްޕިޓަލް، އެސްންޕާ، އެންސީއޭ، އެސްޓީއޯ އަދި ޕެންޝަން އޮފީހާ ގުޅިގެންނެވެ.

އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް ވިދާޅުވީ ހުޅުމާލެއަކީ ޔޫތު ސިޓީއެއް ކަމާއި، މުނިފޫހިފިލުވުމާއި ކުޅިވަރާއި ވިޔަފާރީގެ ތަފާތު ފުރުސަތުތައް ޒުވާނުންނަށް ހުޅުމާލެއިން ފަހިވާނެކަމުގެ އަޑުތައް އަބަދުވެސް އިވޭ ކަމަށެވެ. ސަރުކާރުން ޒުވާނުންނަށް ދޭ އަހައްމިއްޔަތުކަމާ އެއްފަދައިން ދުވަސްވީ މީހުންނަށް ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި، ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރިކަން ފުއާދު ފާހަގަ ކުރެއްވިއެވެ.

4 ނޮވެމްބަރ 2016: އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ބޭއްވި ހަވީރު: މި ހަވީރުގައި އިސް ރަށްވެހީންނަށް ހިލޭ މެޑިކަލް ޗެކްއަޕާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވޭ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

4 ނޮވެމްބަރ 2016: އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ބޭއްވި ހަވީރު: މި ހަވީރުގައި އިސް ރަށްވެހީންނަށް ހިލޭ މެޑިކަލް ޗެކްއަޕާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވޭ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފުއާދު ވިދާޅުވީ، އިސް ރަށްވެހިން ވެސް ހިމެނޭ ގޮތަށް، ތަފާތު އުމުރުގެ މީހުންނަށް ހިތްފަސޭހަ ކޮށްލެވޭނެ ތަނަކަށް ހުޅުމާލެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ލަފާފުޅާއި މަޝްވަރާ އަބަދުވެސް ލިބޭ ކަމަށެވެ.

"އެގޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ލަސްތަކެއް ނުވެ، އިސް ރަށްވެހިންނާއި އެހެން ބޭފުޅުންނަށް ވެސް އިށީނދެލައި ތިބެވޭ މައިޒާންތަކާއި ޕާކުތައް އިތުރަށް ހަދަމުން ދާނަން،" ފުއާދު ވިދާޅުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ހަރަކާތުގައި، އިސް ރަށްވެހީންނަށް ސިއްހީ މައުލޫމާތާއި ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ހެލްތު ޗެކްއަޕް ހެދުމާއި ކަސްރަތާއި ޔޯގާގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ދިޔައެވެ.

comment ކޮމެންޓް