އައްޑޫ ސިޓީއަށް ދިޔަ ބޯޓަކުން 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަތުން އައްޑޫ ސިޓީއަސް ދަތުރުކުރި ބޯޓުން ފެނުނު މަސްތުވާތަކެތި -- ފޮޓޯ/ ޕޮލިސް

އިންޑިއާގެ ޓުޓިކުރަމް ބަނދަރުން ފުރައިން އައްޑޫ ސިޓީ ހިތަދޫ ސަރައްދީ ބަނދަރަށް ދިއުމަށް ދަތުރުކުރަމުން ބޯޓަކުން 2.2 ކިލޯ ގުރާމުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އެ ބޯޓުން މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 15ވަނަ ދުވަހު ފުލުހުންގެ އިންޓަލިޖެންސުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ބުނީ އެ މަސްތުވާތަކެތި ފެނިފައި ވަނީ އެ ބޯޓުގެ ކޮޓަރިއަކުން ކަމަށެވެ.

ފުލުހުން ބުނީ އެ ބޯޓުން މަސްތުވާތަކެތި އަތުލައި ގަތީ އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ހުއްޓުވުމަށް ފަހު ކަމަށެވެ.

ކުއްތާ ބޭނުން ކޮށްގެން ފުލުހުން ހިންގި އެ އޮޕަރޭޝަނާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް