30 ޕަސެންޓުގެ ޑިސްކައުންޓާ އެކު ކެތޭ ޕެސިފިކްގެ ދަތުރުތައް 14 މަންޒިލަކަށް!

ކެތޭ ޕެސިފިކްގެ ފްލައިޓެއް --

ކެތޭ ޕެސިފިކް އިން ދަތުރުކުރާ 14 މަންޒިލަކަށް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ފެއާތަކެއް އެއެއާލައިނުން ތައާރަފްކޮށްފިއެވެ.

އެ އެއާލައިނުން މިއަދު ބުނި ގޮތުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދަތުރު ކުރުމަށް ނަގާ ޓިކެޓްތަކަށެވެ.

ޑިސްކައުންޓް ދޭން ނިންމާފައިވަނީ ލޮސް އެންޖެލިސް، ނިޔު ޔޯކް، ސެން ފްރެންސިސްކޯ، ޓޮރެންޓޯ، ވެންކޫވަރ، މެލްބަން، ސިޑްނީ، އޯކްލަންޑް، ނަރީޓާ، ސޯލް، ބެއިޖިން، ޝެންހައި، ޓައިޕޭ އަދި މެނީލާއަށް ދަތުރު ކުރުމަށް ބައްލަވައިގަންނަ ޓިކެޓުތަކަށެވެ.

ޑިސްކައުންޓާ އެކު ރިޓާން ޓިކެޓުތަކުގެ އަގުތައް:

ލޮސް އެންޖެލިސް: އިކޮނޮމީ ކްލާސް - 1790 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1950 ޑޮލަރު، ބިޒްނަސް ކްލާސް - 4392 ޑޮލަރު

ނިއު ޔޯކް: އިކޮނޮމީ ކްލާސް - 1790 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1950 ޑޮލަރު، ބިޒްނަސް ކްލާސް - 3921 ޑޮލަރު

ސެން ފްރެންސިސްކޯ: އިކޮނޮމީ ކްލާސް - 1790 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1950 ޑޮލަރު، ބިޒްނަސް ކްލާސް - 4392 ޑޮލަރު

ޓޮރެންޓޯ: އިކޮނޮމީ ކްލާސް - 2026 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 2764 ޑޮލަރު، ބިޒްނަސް ކްލާސް - 5570 ޑޮލަރު

ވެން ކޫވާ: އިކޮނޮމީ ކްލާސް - 2020 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 2759 ޑޮލަރު، ބިޒްނަސް ކްލާސް - 5682 ޑޮލަރު

މެލްބަން: އިކޮނޮމީ ކްލާސް - 1163 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1645 ޑޮލަރު، ބިޒްނަސް ކްލާސް - 2353 ޑޮލަރު

ސިޑްނީ: އިކޮނޮމީ ކްލާސް - 985 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1655 ޑޮލަރު، ބިޒްނަސް ކްލާސް - 2363 ޑޮލަރު

އޯކްލަންޑް: އިކޮނޮމީ ކްލާސް - 1779 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 2153 ޑޮލަރު، ބިޒްނަސް ކްލާސް - 4038 ޑޮލަރު

ނަރީޓާ: އިކޮނޮމީ ކްލާސް - 890 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1158 ޑޮލަރު، ބިޒްނަސް ކްލާސް - 1625 ޑޮލަރު

ސޯލް: އިކޮނޮމީ ކްލާސް - 842 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1109 ޑޮލަރު، ބިޒްނަސް ކްލާސް - 1700 ޑޮލަރު

ބެއިޖިން: އިކޮނޮމީ ކްލާސް - 707 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 975 ޑޮލަރު، ބިޒްނަސް ކްލާސް - 1614 ޑޮލަރު

ޝެންހައި: އިކޮނޮމީ ކްލާސް - 745 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1012 ޑޮލަރު، ބިޒްނަސް ކްލާސް - 1614 ޑޮލަރު

ޓައިޕޭ: އިކޮނޮމީ ކްލާސް - 881 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 1148 ޑޮލަރު، ބިޒްނަސް ކްލާސް - 1980 ޑޮލަރު

މެނީލާ: އިކޮނޮމީ ކްލާސް - 620 ޑޮލަރު، ޕްރިމިއަން އިކޮނޮމީ ކްލާސް - 903 ޑޮލަރު

މި ޕްރޮމޯޝަން ފެއާތަކާ ގުޅިގެން ކެތޭ ޕެސިފިކްގެ މެނޭޖާ މޯލްޑިވްސް އަނެޒްކާ ޗޭން ވިދާޅުވީ މި ޕްރޮމޯޝަން ފެއާތައް ތައާރަފްކޮށްފައިވަނީ ކެތޭ ޕެސިފިކްގެ ދަތުރުތައް ރާއްޖޭގައި ފެށިތާ ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

"މާލެ-ހޮންކޮންގްގެ ޚިދުމަތަށް ތިން އަހަރު ފުރުން ރާއްޖޭގެ ރައްޔިތުންނާއެކު ފާހަގަކުރުމަށްޓަކައި އަޅުގަނޑުމެން މި ޕްރޮމޯޝަން ފެއާ ތައާރަފުކުރަނީ ވަރަށް އުފަލާއެކު. އަޅުގަނޑުމެންގެ އުއްމީދަކީ ކެތޭ ޕެސިފިކް އަދި ޑްރެގަންއެއަރ ދަތުރުކުރާ މަންޒިލްތަކަށް ކަސްޓަމަރުން ދަތުރުކުރައްވާއިރު އަޅުގަނޑުމެންގެ އެވޯޑް ލިވިފައިވާ ޚިދުމަތްތައް ތަޖުރިބާކުރެވިގެންދިއުން،" އަނެޒްކާ ޗޭން ވިދާޅުވިއެވެ.

ކެތޭ ޕެސިފިކުން ރާއްޖޭގެ އުދުހުންތައް ފެށީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު 27ގައި އެވެ. ސީދާ މާލެއިން ހޮންކޮންގަށް ދަތުރުކުރުމަށް ހަފުތާއަކު އެއް ފްލައިޓް އޮޕަރޭޓްކުރެއެވެ. އަދި ހޮންކޮންގުން ދުނިޔޭގެ 124 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރެވެއެވެ. ކެތޭ ޕެސިފިކްއިން ރާއްޖެއަށް އޮޕަރޭޓްކުރަނީ 300-A330 ގެ މަތިންދާބޯޓެކެވެ.

comment ކޮމެންޓް