އެނދި މީހާގެ ކަށިތަކުން ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި

ބަރޯސާ ބޯޓުގައި އަލިފާންރޯވެ އަނދަނީ--

ކ. ތިލަފުށީ ބޭރުގައި އަޅާފައި އޮއްވައި މީގެ ހަފްތާއެއް ކުރިން އަލިފާން ރޯވި އާގުބޯޓު، "ބަރޯސާ"ގެ ތެރެއިން އެނދި ބިދޭސީމީހާގެ ކަށިތައް ވަޅުލައިފި އެވެ.

އަލިފާންރޯވިތާ ދެ ދުވަސް ފަހުން އޭނާގެ ކަށިތައް ފެނުނުއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އޭނާ ހަށިގަނޑުން ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވާ ކަމަށެވެ.

އެސާމްޕަލްތައް މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.

އެބިދޭސީ މީހާއަކީ ބަރޯސާ ބޯޓްގެ ވެރިފަރާތްކަމަށްވާ، މޯލްޑިވްސް މެރިން ޕުރޮޑަކްޓް(އެމްއެމްޕީ) އިން ބަލަހައްޓާ ފަޅު ރަށެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ބޯޓަށް ގެނައީ އެބޯޓުގައި ކުރަމުންދާ މަސައްކަތް އަވަސް ކުރުމުގެ ބޭނުމުގަ އެވެ. އެބޯޓުގައި އެވަގުތު ކުރަމުންދިޔަ މަސައްކަތަކީ ބޯޓް މަރާމާތު ކުރުމުގެ މަސައްކަތެވެ.

އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ، ސަލާމަތީ ބާރުގެ އިސް ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި ބެލެވޭގޮތުގައި އޭނާ މަރުވެފައި ވަނީ ބޯޓްގައި ރޯވި ފުރަތަމަ ބުރުގައި އަނދައިގެން ގޮސްގެންނެވެ. ކަށިތައް ފެނިގެން ބެލިއިރު އޭނާ ފެނިފައި ވަނީ މަސައްކަތް ކުރަން ހުރި ފަލްކާއަށް ވުރެ އަޑިއަށް ވެއްޓިފައި އޮށްވައި ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް