އިތުރު ތިން ޕާކެއް މާލޭގައި ހުޅުވަނީ

ހައުސިން މިނިސްޓްރީން މާލޭގައޮ ތަރައްގީކޮށްފައިވާ ޕާކެއް-- ސަން ފައިލް ފޮޓޯ

ތޮއްޖެހިފައިވާ މާލޭގައި އުފާވެރިކަން ހޯދޭނެ މަގު ފަހިކޮށްދިނުމަށް އިތުރު ތިން ޕާކެއް އަންނަ އާދިއްތަ ދުވަހު ހުޅުވުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސައިން ސަން އަށް ވިދާޅުވީ ކާނިވަލުގައި ހަދާފައިވާ ޕާކާއި ދާރުލްއާސާރު ސަރަހައްދުގައި ހަދާފައިވާ ޕާކުގެ އިތުރުން ސޯސަންގޭގައި ހަދާފައިވާ ޕާކް އަންނަ އާދިއްތަ ދުވަހު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކަކީ ކުޑަކުދިންނަށް ކުޅެ ހިތް އުފާކޮށްލެވޭ ގޮތައް ހަދާފައިވާ ޕާެކެވެ. އަދި ދާރުލްއާސާރު ސަރަހައްދުގައި ހަދާފައިވާ ޕާކަކީ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް އިށީނދެ ތިބެވޭ ގޮތަށް ހަދާފައިވާ ޕާކެކެވެ. ސޯސަންގޭ ޕާކް ހަދާފައި ވަނީ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

ހައުސިން މިނިސްޓްރީން އަންނަނީ މާލެއަކީ ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ފަސޭހަ މައިޒާންއް ހަދަމުންނެވެ. އެގޮތުން ރަސްފަންނާއި ރައިވެރިބޭގެ މައިޒާނާއި ސުނާމީ ބިނާ މައިޒާން ފަދަ ތަންތަން ހަދާފައިވެ އެވެ.

comment ކޮމެންޓް