އިނގިރޭސި ވިލާތުގެ އިންފްލޭޝަން އެއް ޕަސެންޓު މައްޗަށް

އިނގިރޭސި ވިލާތް - ގެޓީ އިމޭޖެސް

އިނގިރޭސި ވިލާތުގެ އިންފްލޭޝަން އެއް ޕަސެންޓު މަތިވެއްޖެ ކަަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ތެރޭގައި އިންފްލޭޝަން މައްޗަށް ގޮސްފައި ވަނީ ތެލާއި ހޮޓެލް ރޫމް އަދި އަންނައުނުގެ އަގުތައް މައްޗަށް ގޮސްފައިވާތީ އެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން މައްޗަށް ގޮސްފައި މި ވަނީ އެ ގައުމުގެ ރަސްމީ ފައިސާ، ސްޓާލިން ޕައުންޑުގެ އަގު ދުނިޔޭގެ މާކެޓުގައި ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެ ގައުމުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނެފައި ވަނީ އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައި ވަނީ ސްޓާލިން ޕައުންޑުގެ އަގު ދަށްވުމާ ގުޅިގެން ނޫން ކަމަށެވެ. އަދި ފައިސާގެ އަގު ދަށްވުމާ އިންފްލޭޝަންއާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އެ އިދާރާއިން ހާމަ ކުރެއެވެ.

މި ރޭޓުގައި އެ ގައުމުގެ އިންފްލޭޝަން މައްޗަށް ދާން ފަށައިފި ނަމަ، ކުރިއަށް އޮތް އަހަރުތަކު ތެރޭގައި އެ ގައުމުގެ އިންފްލޭޝަން 2.8 ޕަސެންޓް މައްޗަށް ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ބޮޑަށް އަސަރު ކުރާނީ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

comment ކޮމެންޓް