ޗައިނީސް އެކަޑަމީ އޮފް ގަވަނެންސްގެ ޕްރޮފެސަރު އޮފް ދަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިމަޖެންސީ މެނޭޖްމަންޓް، ލި ޒިފެންގް ގައުމީ ދާރުލް އާސާރުގައި ހުންނަ ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކޮށްފިއެވެ.
ފުލުހުން ބުނީ، ލި ޒިފެންގް ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކުރެއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ލި ޒުފެންގެ މި ޒިޔާރަތުގައި އޭނާ ވަނީ ޕޮލިސް މިއުޒިއަމް ބައްލަވާލައްވައި ފުލުހުންގެ ހިދުމަތް އުފެދިގެން އައިގޮތާއި އޭރު ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ފުލުހުން ބޭންކޮށްފައިވާ ތަކެއްޗާއި ބޭނުންކުރި ޔުނީފޯމްތައް ބައްލަވާލައްވައި އެތަކެއްޗާ ބެހޭ މަޢުލޫމާތު ހޯއްދަވާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޗައިނާގެ އެހީތެރިކަމާއެކު މާލޭގައި ބިނާކޮށްފައިވާ ދާރުލްއާސާރު ވެސް ޕްރޮފެސަރ ލި ޒުފެންގް ބައްލަވާލެއްވި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މިއުޒިއަމްއަކީ ފުލުހުންގެ ތާރީހާއި ސަގާފަތް އަންނަން އޮތްޖީލުތަކަށް ވާސިލްކޮށްދިނުމުގެ ގޮތުން 2013 މާރޗް 29 ވަނަ ދުވަހު ހުޅުވި ސެންޓަރެކެވެ.