ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

މިދިޔަ ރޯދަ މަހާއި ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ރީފްސައިޑުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުގެ ގުރުއަތު ނަގައި، ނަސީބުވެރިން ހޮވައިފި އެވެ.

އިއްޔެ ރީފްސައިޑް ޓީވީ ފިހާރައިގައި ކުރިޔަށް ގެންދިޔަ އިވެންޓެއްގައި، މިދިޔަ މެއި މަހު ފެށި މި ޕްރޮމޯޝަންގެ ދަށުން ސޮނީ ބްރޭންޑުގެ އިލެކްޓްރޯނިކްސް ގަނެގެން ބައިވެރިވެވޭ ގުރުއަތުގެ ތިން ނަސީބުވެރިން ވަނީ ހޮވައިފަ އެވެ.

އެއްވަނަ އިނާމަކަށް ރީފްސައިޑުން ހުށަހެޅި 55 އިންޗީގެ ސޮނީ ބްރާވިއާ ޓީވީ ލިބުނީ ސޮފްވާން ކިޔާ ބޭފުޅަކަށެވެ.

ދެވަނައަށް އިނާމަކަށް ހުށަހެޅި ސޮނީ އެކްސްޕީރިއާ ޒީ3 ލިބުނީ އަބްދުލްރަހްމާން އާދަމް އަށެވެ. އަދި ތިންވަނައަށް ހުށަހެޅި ސޮނީ ސައިބަޝޮޓް ކެމެރާއެކެވެ.

ރީފްސައިޑުން ބުނީ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަރަށް އަވަހަށް އިނާމު ހަވާލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް