އައިއެންއައިއޭއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

އައިއެންއައިއޭގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ/ އޭޕީ
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރެވިއްޖެއެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ސަން" އަށް ވިދާޅުވީ، އެ އެއާޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި އެއާޕޯޓަށް ކަރަންޓް ދީފައިވާ ކަމަށެވެ.
ކަރަންޓް ކެނޑެން މެދުވެރިވީ މައި އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން އައިއެންއައިއޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނުއިރު މިރެއާ ހަމައަށް ވެސް ދޭތެރެދޭތެރެއިން ދިޔައީ ކަރަންޓު ކެނޑެމުންނެވެ. ޑޮމެސްޓިކް ޓާމިނަލްގައި އޭރު ކަރަންޓް ނެތުމުން އެތެރޭގެ އުދުހުންތަކަށް ވަގުތީ ގޮތުން ބޭނުންކުރީ އިންޓަނޭޝަނަލް ޓާމިނަލްއެވެ.
ހަސަން ވިދާޅުވީ، ކަރަންޓު ކެނޑުނު ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފުލައިޓެއް ޑިލޭވެފައި ނުވާއިރު، އޮޕަރޭޝަނަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.
comment ކޮމެންޓް