ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ބޮޑު ބައްދަލުވުމެއް ބާއްވައިފި

ކުޅިވަރު އެސޯސިއޭޝަން ތަކައް ދިމާވާ މައްސަލަ ތައް ދެނެގަތުމައް ސްޕޯޓްސް ކޯޕަަރޭޝަނުން "ކުޅިވަރު އިޖްލާސް 2016" މި ނަމުގައި ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސުޕާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަކަށް ދިމާވާ ދަތިތަށް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި "ކުޅިވަރު އިޖްލާސް 2016"ގެ ނަމުގައި ބޭއްވި އެ މަސަތްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ސްޕޯޓްސް ކޯޕަރޭޝަނުން ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކުޅިވަރު އެސޯސިއޭޝަން ތަކައް ދިމާވާ މައްސަލަ ތައް ދެނެގަތުމައް ސްޕޯޓްސް ކޯޕަަރޭޝަނުން "ކުޅިވަރު އިޖްލާސް 2016" މި ނަމުގައި ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސުޕާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެސޯސިއޭޝަންތަކުގެ ތެރޭގައި ސްވިމިން އެސޯސިއޭޝަން، ބެޑިމިންޓަން އެސޯސިއޭޝަން، އެތުލެޓިކްސް އެސޯސިއޭޝަން، ކެރަމް އެސޯސިއޭޝަން، ޗެސް އެސޯސިއޭޝަން، ބަށިބޯލް އެސޯސިއޭޝަން، ބޮޑީ ބޯޑިން އެސޯސިއޭޝަން، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން، ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް، ހޭންޑްބޯލް އެސޯސިއޭޝަން، ނެޓްބޯލް އެސޯސިއޭޝަން، ޝޫޓިން އެސޯސިއޭޝަން، ވޫޝޫ އެސޯސިއޭޝަން، ޝޮޓަރކަން ކަރާޓޭ އެސޯސިއޭޝަން، ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ބައިބަލާ އެސޯސިއޭޝަން ހިމެނެއެވެ.

ކުޅިވަރު އިޖްލާސް 2016 ފައްޓަވައި ދެއްވުމަށް ފަހު ޔޫތް މިނިސްޓަރ އިރުތިޝާމް އެސޯސިއޭޝަން ތަކުގެ މަންދޫބުންނާ އެކު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޖުމްލަ 16 އެސޯސިއޭޝަނަކުން އެ ހަރަކާތުގައި ބައިވެރިވެފައިވާ އިރު ރާއްޖޭގެ އެންމެ މަގްބޫލް ތިން ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ އާއި ވޮލީ ބޯޅަ އަދި ބާސްކެޓް ބޯޅައިގެ ފަރާތުން އެ ފާރަތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މަންދޫބަކު ބައިވެރި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސަބަބެއް ކަމަށް ބެލެވިފައިވަނީ އެ ތިން އެސޯސިއޭޝަންގެ އެތެރޭގެ މައްސަލަ ތަކުގެ ސަބަބުން ހިންގާ ކޮމެޓީއެއް ނެތުމެވެ.

comment ކޮމެންޓް