މާލޭގެ ގެއަކުން އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މާފަންނު ގެއެއް ބަލައި ފާސްކޮށް އަތުލައިގަތް ހާޝް އޮއިލް ކަމަށް ބެލެވޭ މަސްތުވާތަކެތި --- ފޮޓޯ/ ފުލުހުން

މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކޮށް އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއެކު ރޭ 23:00 އިން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މ. ޝަބީނާ ގޭގައި ކުއްޔަށް ދީފައިވާ ތަނަކުން ކަމަށް ފުލުހުން ބުނެ އެވެ.

އެގެއިން ފެނިފައިވަނީ ހޭޝް އޮއިލްކަމަށް ބެލެވޭ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކުރި މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

comment ކޮމެންޓް