ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރު ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރު ޓީމު: ޅ. އަތޮޅު ޗެމްޕިއަންކަން ނައިފަރު ހޯދާފައިވަނީ ކުޅުނު ދެ ލެގު މެޗުން ވެސް ކުރެންދޫގެ މައްޗަށް ކުރި ހޯދައިގެން ---

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު ދެ ލެގު މެޗުން ވެސް ކުރެންދޫ ބަލިކޮށް، ނައިފަރުން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގު މެޗުގައި ކުރެންދޫ އަތުން ނައިފަރު މޮޅުވެފައިވަނީ 4-2 ލަނޑުންނެވެ.

ފުރަތަމަ ލެގު މެޗެކޭ އެއްގޮތަށް ދެވަނަ ލެގު މެޗުގައި ވެސް ނައިފަރު ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ފުރަތަމަ ލެގު މެޗުގައި ކުރެންދޫގެ މައްޗަށް ނައިފަރުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޅ. އަތޮޅު ބުރުގައި ވާދަކޮށްފައިވަނީ ވެސް ހަމައެކަނި ނައިފަރާއި ކުރެންދޫ އެވެ. އެހެންކަމުން އެ ބުރު ކުރިއަށްދިޔައީ ދެ މެޗު ކުޅެ އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ޅ. އަތޮޅުގެ ޗެމްޕިއަން ނައިފަރު ދެން ވާދަކުރާނީ ޒޯން ތިނެއްގެ ބުރުގައެވެ. ނައިފަރުގެ އިތުރުން ދެން އެ ބުރުގައި ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަނުންނާއި ބ. އަތޮޅުގެ ޗެމްޕިއަނުންނެވެ.

comment ކޮމެންޓް