ރެއާލްގެ މުހިންމު ކުޅުންތެރިޔަކަށް ވުމަށް މަސައްކަތް ކުރަން ރޮޑްރިގޭޒަށް އެންޗެލޮޓީ ގޮވާލައިފި

ކާލޯ އެންޗެލޮޓީ(ކ) އާއި ހަމޭސް ރޮޑްރިގޭޒް(ވ): ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމަށް ފަހު އެ ކްލަބަށް ކުޅުމަށް ރޮޑްރިގޭޒަށް ގިނަ ފުރުސަތުތަކެއް ލިބިގެންނެއް ނުދޭ --- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ކާމިޔާބު ކުޅުންތެރިޔަކަށް ވުމަށް މަސައްކަތް ކުރަން ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒަށް އެ ކްލަބުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ގޮވާލައިފި އެވެ.

ވޯލްޑް ކަޕް 2014ގައި ކޮލަމްބިއާއާ އެކު ވިދާލުމަށް ފަހު ރެއާލްއާ ރޮޑްރިގޭޒް ގުޅުނު އިރު، އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރީ މިހާރު ބަޔާން މިއުނިކާ ހަވާލުވެ ހުރި ކޯޗު އެންޗެލޮޓީ އެވެ.

ރެއާލް މެޑްރިޑްގެ ކޮލަމްބިއާ މިޑްފީލްޑަރު ކާލޯ އެންޗެލޮޓީ(ކ) އާއި ހަމޭސް ރޮޑްރިގޭޒް(ވ): ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމަށް ފަހު އެ ކްލަބަށް ކުޅުމަށް ރޮޑްރިގޭޒަށް ގިނަ ފުރުސަތުތަކެއް ލިބިގެންނެއް ނުދޭ --- ފޮޓޯ: ގެޓީ

ރެއާލްއާ ގުޅުމަށް ފަހު ރޮޑްރިގޭޒް ހޭދަކުރި ފުރަތަމަ ސީޒަން ވެގެންދިޔައީ ވަރަށް ކާމިޔާބު ސީޒަނަކަށެވެ. އެގޮތުން އޭނާ ރެއާލް އަށް އެ ސީޒަނުގައި ކުޅުނު 29 މެޗުން 13 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. ނަމަވެސް ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމަށް ފަހު އެ ކްލަބަށް ކުޅުމަށް ރޮޑްރިގޭޒަށް ގިނަ ފުރުސަތުތަކެއް ލިބިގެންނެއް ނުދެ އެވެ.

"ރޮޑްރިގޭޒްގެ ފޯމު ގެއްލުނު ހަބަރާ އެކު އަހަރެންނަށް ހައިރާން ކަމެއް ލިބުނު. އޭނާއަކީ ވަރަށް ޒުވާން ކުޅުންތެރިއެއް. ބައެއް ފަހަރު ކަންތައްތައް އެހާ ރަނގަޅަށް ނުދާނެ. އެއް އަހަރު މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ. މުހިންމު ކަމަކީ ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރުން،" އެންޗެލޮޓީ ބުންޏެވެ.

ބަޔާންގެ ކޯޗު އެންޗެލޮޓީ ބުނީ، ޓީމަށް ކުޅެން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ރޮޑްރިގޭޒަށް މަސައްކަތްކުރެވޭނެ ކަމަށާއި ރެއާލަކީ ވާދަވެރިކަން ބޮޑު ކްލަބަކަށް ވުމުން ފަސޭހަތަކެއް ނުލިބޭނެ ކަމަށެވެ.

comment ކޮމެންޓް