މޫސަގެ ޕޯސްޓަމް ނުހަދައި ވަޅުލަން ނިންމައިފި

ފުލުހުން ބަންދުގައި ހުއްޓާ މަރުވި މޫސަ---

ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި ހ.ފިލިކުރިގެ މޫސާ ނައީމް، 55، ޕޯސްޓްމޯޓަމް ނުހަދައި ވަޅުލުމަށް އާއިލާ އިން ނިންމައިފި އެވެ.

މޫސަގެ ޕޮސްޓްމޯޓަމް ހެދުމަށް އިއްޔެ ފުލުހުން ނިންމާފައިވާ އިރު އާއިލާގެ ފަރާތުން ސަން އަށް މައުލޫމާތު ލިބުނު ގޮތުގައި މޫސަގެ ޕޯސްޓްމޯޓަމް ހެދުމަށް ސެއާއިލާއިން ބޭނުމެއް ނުވެ އެވެ.

އެހެންކަމުން މިއަދު މެންދުރު ނަމާދަށް ފަހު މޫސަ ވަޅުލުމަށް ވަނީ ނިންމައިފަ އެވެ.

ދޫނިދޫ ބަންދުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު ހާޓްއެޓޭކެއް ޖެހިގެން މަރުވި ކަމަށް ބެލެވޭ މޫސަ މަރުވި ސަބަބު ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

މޫސަ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އެވެ. އޭނާ މައްޗަށް ތުހުމަތު ކުރެވެނީ ރާއްޖެ އަށް އަށް ކިލޯ މަސް ތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށެވެ.

comment ކޮމެންޓް