ރީތި ރަށް ބަލިކޮށް، ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް ހޯދައިފި

އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ބަނޑޮސް މޯލްޑިވްސް: ފައިނަލުގައި ބަނޑޮސް ވަނީ ވާދަވެރި ކުޅުމަކަށްފަހު ވަން އެންޑް އޮންލީ ރީތި ރަށް އަތުން މޮޮޅުވެފައި --- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަތުން މޮޅުވެ، ބަނޑޮސް މޯލްޑިވްސް ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒޯން އެކެއްގެ ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް އަތުން ބަނޑޮސް މޯލްޑިވްސް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު 25-20 އިން ބަނޑޮސް ގެންދިޔަ އިރު، ދެވަނަ ސެޓު 25-27 އިން ގެންދިޔައީ ރީތި ރަށެވެ. ތިން ވަނަ ސެޓު 25-17 އިން ބަންޑޮސް ގެންދިޔަ އިރު، ހަތަރު ވަނަ ސެޓު 22-25 އިން ގެންދިޔައީ ރީތި ރަށެވެ. އަދި މެޗުގެ ފަހު ސެޓު ބަނޑޮހުން ގެންދިޔައީ 15-7 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބަނޑޮހުގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އެވެ.

ޒޯން އެކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބަނޑޮހުގެ އިޝާން މުހައްމަދާއި، އެ ޓީމުގެ އިސްމާއިލް ސާޖިދާއި، އެ ޓީމުގެ މުހައްމަދު ޝާއިނާއި، ރީތި ރަށުގެ އަލީ ހުޒާމާއި، އެ ޓީމުގެ ހަސަން ނިލާމް އަދި ޝެރެޓަން މޯލްޑިވްސްގެ އަކްމަލް އިބްރާހީމެވެ. އެ ޒޯނުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮސް ޓީމުގެ ކޯޗު މުހައްމަދު ސާޖިދެވެ.

comment ކޮމެންޓް