ލިވަޕޫލް މެޗުގައި އޮޒިލް، ކޮޝިއެލްނީ އަދި ޖިރޫ އަށް ނުކުޅެވޭނެ: ވެންގާ

އާސެނަލްގެ އޮޒިލް(ކ)، ކޮޝިއެލްނީ(މ) އަދި ޖިރޫ(ވ): ޔޫރޯއަށް ފަހު މި ކުޅުންތެރިން އަދި އާސެނަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެއް ނުވޭ ---

ކުރިއަށްއޮތް ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗު މެސުޓް އޮޒިލް އާއި ލޯރެން ކޮޝިއެލްނީ އަދި އޮލިވިއާ ޖިރޫ އަށް ގެއްލޭނެ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އޮޒިލް އާއި ކޮޝިއެލްނީ އަދި ޖިރޫ އެ ކްލަބުގެ ފަރުތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެއް ނުވެ އެވެ. އެ ކުޅުންތެރިންނަށް މި މަހުގެ 14 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލެނީ އެ ސަބަބާހުރެ ކަމަށް ކޯޗު ވެންގާ ބުނެ އެވެ.

"އޮޒިލް، ކޮޝިއެލްނީ އަދި އޮޒިލް އަށް ލިވަޕޫލް މެޗުގައި ނުކުޅެވޭނެ. އެ ކުޅުންތެރިންނަށް ލިވަޕޫލް މެޗު އަންނާނީ މާ އަވަހަށް،" ނޯވޭގެ ވައިކިންގްއާ ދެކޮޅަށް ކުޅެ، 8-0 ލަނޑުން މޮޅުވި މެޗަށްފަހު ވެންގާ ބުންޏެވެ.

އެ މެޗުގައި ޖިރޫ ނެތުމުން ފޯވަޑްގެ މަގާމަށް ބޭނުންކުރެވޭނެ ކުޅުންތެރިންގެ އަދަދު މަދުވެ، ވެންގާ އަށް އުނދަގުލާ ކުރިމަތިލާން ޖެހޭނެ އެވެ. އެކުވެރިކަމުގެ މެޗުތަކުގައި ތިއޯ ވަލްކޮޓް އާއި ޗުބާ އަކްޕޮމް ދެއްކި ކުޅުމުގެ ސަބަބުން އެ މަގާމަށް އެ ކުޅުންތެރިން ބޭނުންކުރުމަކީ ގާތް ކަމެކެވެ.

comment ކޮމެންޓް