ސޯޝަލް ކައުންސިލުގެ ޗެއާމަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ހަމަޖައްސަވައި، އިކޮނަމިކް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޗެއާމަންގެ މަގާމަށް އަހުމަދު ޒުހޫރު ހަމަޖައްސަވައިފި އެވެ.
ޝޯޝަލް ކައުންސިލްގެ މަގާމަށް ޖިހާދު ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާނުކުރެއްވި މިއަދު އެވެ.
މީގެ ކުރިން އެ ކައުންސިލުގެ ޗެއާއަކަށް ހުންނެވީ ރައީސް ޔާމީނު އެވެ. ރައީސް ޔާމީނު އެ ކައުންސިލުގެ ޗެއާ ކުރެއްވީ އެ ކައުންސިލުގެ ޗެއާއަކަށް ކުރިން ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެ މަގާމުން ވަކި ކުރެއްވުމަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރު ކަމަށް އަލްފާޟިލް އަޙްމަދު ޡުހޫރު ޢައްޔަނު ކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޒުހޫރު ވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވާފައި -ފޮޓޯ/ރައީސް އޮފީސް
އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޗެއާމަންގެ މަގާމަށް ޒުހޫރު ހަމަޖެއްސެވިއިރު، ހަމަ އެ ކައުންސިލުގެ ކޯ ޗެއާ އަކަށް ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ހަމަޖައްސަވާފަ އެވެ.