މައުމޫނު ރާއްޖޭން ބޭރަށް، ކައުސިލް ބައްދަލުވުން ނުބާއްވަން ވަނީ އަންގާފައި

19 ޖުލައި 2016: ކުރިއަށް ނުގެންދެވުނު ކައުންސިލް ބައްދަލުވުމަށްފަހު ރައީސް މައުމޫން ޕާޓީ އޮފީހުން ނުކުމެވަޑައިގަންނަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ފުރާ ވަޑައިގަންނަވާނެ ކަމަށާއި، މައުމޫނު އެނބުރި ވަޑައިގަތުމުގެ ކުރިން ޕީޕީއެމެގެ އެއްވެސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވުމަށް އަންގަވާފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނު ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް ޕާޓީގެ ހުރިހާ ކަމެއް ކުރިއަށް ދާނީ އެމަނިކުފާނުގެ ބެއްލުވުމުގެ ދަށުން ކަމަށެވެ.

"ޕާޓީގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގެ ތެރޭގައި ކައުންސިލް މެމްބަރެއް ނުވޭއްވޭނެ ވާހަކަ ދެންނެވީމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިސްލާހު ކުރުމަށް ރައީސް މައުމޫނު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ޕާޓީގެ ސައްހަ މެމްބަރުން ދެނެގަތުމާއި ޕާޓީގެ ސައްހަ ގޮފިތަކާއި މަގާމުތައް ކަށަވަރުކުރުމާއި ޕާޓީގެ ގޮފިތަކަށް ދިމާވާ ފިއްތުންތައް ދެނެގަތުން ހިމެނޭ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް މައުމޫނު އަތްޕުޅަށް ނެންގެވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިޑް ނުކޮށް ރަށްތައް ދޫކުރުމުގެ ބިލު ފާސްކުރުމަށް ވޯޓު ނުދެއްވުމަށް ޕާޓީގެ މަޖިލިސް މެމްބަރުން ކިބައިން އެދިފައިވަނިކޮށް އެ އެދުމަށް ގޮން ޖައްސަވައި ބިލް ފާސްކުރުމާ ގުޅިގެން ހިނގާދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގަ އެވެ.

އޭގެ ފަހުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކައުންސިލް ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

comment ކޮމެންޓް