ލޫކަސް ޖަލީލުގެ ބަންދަށް 15 ދުވަސް ޖަހައިފި

ޝައްމޫން ޖަލީލް (ލުކަސް ޖަލީލް) ކްރިމިނަލް ކޯޓުގެ ބަންދުގެ ޝަރީއަތަށް ވައްދަނީ: އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން އިއްޔެ މާލެއިން ހައްޔަރުކުރި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކާސް ޖަލީލް)ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ލޫކަސްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނިލް ކޯޓަށް ހާޒިރު ކުރުމުން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ "ސަން"އަށް ވިދާޅުވީ ޝައްމޫން ހައްޔަރުކޮށްފައި ވަނީ އޭނާ އާއި އިތުރު ބަޔަކު ގުޅިގެން، ދިވެހި ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައޔްިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

comment ކޮމެންޓް