ވިކްޓަރީގެ ކޯޗަކަށް ކިސް ހަމަޖައްސައިފި

ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ކޯޗުގެ މަގާމަށް ލާޒްލޯ ކިސް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ވިކްޓަރީ

ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ކޯޗުގެ މަގާމަށް ކުރިން ވީބީ އާއި ވެލެންސިއާ އަށް ވެސް ކޯޗު ކޮށްދިން ލާޒްލޯ ކިސް ހަމަޖައްސައިފި އެވެ.

ސަލްސާ ރެސްޓޯރެންޓްގައި މިއަދު ބޭއްވި ހަފްލާއެއްގައި ކިސް ވިކްޓްރީގެ ކޯޗުގެ މަގާމަށް ސޮއި ކުރީ މި ސީޒަނުގެ ނިޔަލަށެވެ.

"ވިކްޓަރީ މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ރެލިގޭޓް ވުމުގެ ބިރު ހީވެފައި މިއޮތީ. އަހަރެންގެ އެންމެ ބޮޑު އަމާޒަކީ އެއްވަނަ ޑިވިޝަނުގައި މި ޓީމް ހިފެހެއްޓުން. އެއަށް ފަހު ދެން ފުރުސަތު ލިބެއްޖެ ނަމަ އިތުރު ކާމިޔާބީތައް ވެސް ހޯދައި ދޭން މަސަތްކަތް ކުރާނަން،" ކިސް ބުންޏެވެ.

ކިސް އަކީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ގިނަ ދުވަސްތަކަކު ރާއްޖޭގައި މަސަތްކަތް ކުރި ކޯޗެކެވެ. އެނޭ އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ 1996 ވަނަ އަހަރު ވެލެންސިއާގެ ކޯޗަކަށެވެ. ކިސްގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން ވަނީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2004 ވަނަ އަހަރުގެ ލީގް ކާމިޔާބުކޮށްފަ އެވެ.

ދެހާސް ފަސް ވަނަ އަހަރު ވެލެންސިއާ ދޫކޮށްލުމަށް ފަހު ކިސް ވަނީ 2008 ވަނަ އަހަރު ވީބީ ސްޕޯޓްސްގެ ކޯޗުގެ މަގާމަށް އައިސް 2008 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފަ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ވީބީ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ލީގް އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

comment ކޮމެންޓް