ރިތިކް އާއެކު ޗުއްޓީ ހޭދަކުރަމުން ނުދާކަމަށް ސުޒާން ބުނެފި

ރިތިކް އާއި ސުޒާން --

ސުޒާން އާއި ރިތިކު ކައިވެނި ކުރީ 2000 ވަނަ އަހަރު އެވެ. އެއަށްފަހު ދެމީހުން ވަރިވީ 2014 ވަނަ އަހަރު އެވެ. ވަރިވުމުގެ ކުރިން ދެ މީހުން ވަނީ އެއް އަހަރު ވަކިން ވެސް އުޅެފައެވެ. ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އަދި އޭނާގެ ކުރީގެ އަނބިމީހާ ސުޒާން ޚާން އެކުގައި ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ރިޕޯޓުތަކެއް ފެންމަތިވީ މި ހަފްތާ ތެރޭގަ އެވެ.

ދެމީހުން އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ބުނެ ވާހަކަތައް ފެތުރެން ފެށީ، ދެމީހުންގެ ދެ ކުދިންނާ އެކު ލަންޑަނުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ނަމަވެސް ސުޒާން މިވަނީ އެކަން ދޮގުކޮށްފަ އެވެ. ސުޒާން ބުނީ ދެކުދިންނާ ރިތިކް އާއެކު ލަންޑަނުން ފެނިފައި ވަނީ ސުޒާން އާއެކު ޗުއްޓީ ހޭދަކުރުމަށް ދެކުދިން ބަލާ ދިއުމުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނީ އެ ދެމީހުންނަކީ ފުރަތަމަ މައިންބަފައިން ކަމަށާއި، އެހެންކަމުން ކުދިންގެ ކަންކަމުގައި ދެމީހުން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ދެކުދިންނަށް ދެ މީހުންގެ ލޯބި ދީ، ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ދެ މީހުންގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސުޒާބް ބުނީ ހަތަރު މީހުން އެކުގައި ކާން ދިއުމަކީ އެކުގައި ޗުއްޓީ ހޭދަކުރުން ނޫން ކަމަށެވެ.

comment ކޮމެންޓް