ބޮޑެތި ބަދަލުތަކާއެކު އީވޯ ހޯމްގެ ޝޯރޫމް އަލުން ހުޅުވައިފި

އީވޯ ހޯމްގެ ބައެއް ފަރުނީޗަރު: އީވޯގެ ޝޯރޫމް ވަނީ މަރާމާތަށް ފަހު އަލުން ހުޅުވާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ އެންމެ މަގުބޫލު ފަރުނީޗަރާއި ހޯމް ސޮލިއުޝަންސްގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ކަމުގައިވާ އީވޯ ހޯމްގެ މައި ޝޯރޫމް، ރަމަޟާން މަހުގެ ތެރޭގައި މަރާމާތަށް ބަންދު ކުރުމަށްފަހު މިރޭ އަލުން ހުޅުވައިފި އެވެ.

މަޖީދީ މަގުގައި ހުންނަ މި ޝޯރޫމް މިރޭ ރީއޯޕެން ކުރި އިރު އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ.

އީވޯގެ މާކެޓިން މެނޭޖަރ ރިޒްމާ ރަޝީދު "ސަން" އަށް ވިދާޅުވީ، ޝޯރޫމް މަރާމާތުކޮށް، ބަދަލުތަކެއް ގެނައީ ކަސްޓަމަރުންނަށް ތަފާތު ދައްކައިދޭން ކަމަށެވެ.

އީވޯ ހޯމްގެ ބައެއް ފަރުނީޗަރު: އީވޯގެ ޝޯރޫމް ވަނީ މަރާމާތަށް ފަހު އަލުން ހުޅުވާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އީވޯ ހޯމްއިން ބަދިގެ އާއި ނިދާ ކޮޓަރިއަށާއި ސިޓީން ރޫމަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ފަރުނީޗަރެއް އަދި ހިފާ ގެންގުޅޭ ތަކެތި ލިބެން ހުރެ އެވެ. އީވޯގެ ޚާއްސަ ކަމަކީ، އެތަނުގެ ޝޯރޫމްގައި ހުންނަ މޮޑެލްތަކުގެ އިތުރުން، ކަސްޓަމަރުގެ ގޭގެއަށް ބޭނުންވާ ސައިޒަށާއި ސްޕެސިފިކޭޝަނަށް ހަދައިގެން ރާއްޖެއިން ބޭރުން ގެނެސްދޭ ކަމެވެ.

އީވޯއިން ވިއްކާ ގާތްގަނޑަކަށް ހުރިހާ އެއްޗަކީ ޖަރުމަނު ވިލާތުގެ ބްރޭންޑުތަކުގެ އުފެއްދުންތަކެވެ.

އީވޯ ހޯމް މަރާމާތުގެ ކުރިން އެތަނުގެ ގްރައުންޑް ފްލޯ ޚާއްސަވެފައި ވަނީ ހަމައެކަނި ބަދިގެ ސާމާނަށެވެ. އެހެން ނަމަވެސް މިހާރު އެތަނުގައި ބަދިގެއެއްގެ އިތުރުން ނިދާ އެނދަކާއި އަލަމާރިއެއް ވެސް ހުރެ އެވެ.

އީވޯ ހޯމްގެ ބައެއް ފަރުނީޗަރު: އީވޯގެ ޝޯރޫމް ވަނީ މަރާމާތަށް ފަހު އަލުން ހުޅުވާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ކޯޒީ ސްޓޫޑިއޯ އެޕާޓްމެންޓް ފީލެއް މިތަނުން ލިބޭނީ. މިގޮތަށް ޑިޒައިން ކުރި މަގްސަދަކީ ކުޑަކުޑަ ތަންކޮޅޭއްގައި ދިރިއުޅޭ އިރުވެސް އެލެގަންސް ލިބޭނެކަން. ރަނގަޅު ފެންވަރުގެ ސޮލިއުޝަންސް ލިބޭނެކަން،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމްގެ ފުރަތަމަ ފަންގިފިލާގައި ބެޑްރޫމް ސެޓާއި ކިޗަން ސެޓުގެ ތަފާތު މޮޑެލްތައް ދައްކާލާފައިވާ އިރު ކިޗަން ސެޓުތަކުގައި ވަރަށް ޚާއްސަ ކަމެއް ހިމެނެ އެވެ.

ބަދިގޭ ކައުންޓާތަކާއި މޭޒުތައްމަތީގައި ޖަހާފައި ހުންނަ ގްރެނައިޓް ސާފޭސްތައް ހަދައިދޭ ފެކްޓަރީއެއް، "އީވޯ ސާފޭސެސް"ގެ ނަމުގައި ހުޅުމާލޭގައި ހުޅުވުމުގެ މަސައްކަތް އީވޯ އިން ދަނީ ކުރަމުންނެވެ. އީވޯ ހޯމްގައި ހުރި ހުރިހާ ބަދިގެ ސެޓުތަކެއްގެ ކައުންޓަރތަކުގެ ސާފޭސް ހަދާފައި ވަނީ އީވޯ ސާފޭސްއިންނެވެ.

"މިތަނުން ފެންނަން ހުރި ހުރިހާ ސްޓޯން އެންޑް ގްރެނައިޓް ވޯކްޓޮޕްސް އެއީ އަޅުގަނޑުމެން ހުޅުވަން އުޅޭ އީވޯ ސާފޭސެސް ފެކްޓްރީއިން ހަދައި، ސައިޒަށް ކަފައިގެން ގެނެސްފައި ޖަހާފައި ހުރި ތަކެތި،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމްގެ ބައެއް ފަރުނީޗަރު: އީވޯގެ ޝޯރޫމް ވަނީ މަރާމާތަށް ފަހު އަލުން ހުޅުވާފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޝޯރޫމަށް އައި ބަދަލާ އެކު، އީވޯއިން ރާއްޖޭގައި ވިއްކާ ޖަރުމަނުގެ ކޮލިޓީ ބްރޭންޑުތަކުގެ އެންމެ ފަހުގެ ޕްރޮޑަކްޓްތަކާއި ފަަރުނީޗަރު ވެސް އެ ޝޯރޫމުން މިހާރު ފެންނަން ހުންނާނެ އެވެ.

އީވޯ ހޯމްގެ އެންމެ ޚާއްސަ ކަމަކީ ކަސްޓަމަރު އެދޭ ނަމަ އޭނާގެ ގެއަށް ނުވަތަ ކޮޓަރިއަށް އެންމެ އެކަށީނަ ސައިޒުގެ ޕްރޮޑަކްޓެއް ޝޯރޫމްގައި ނެތް ނަމަ، އެ ސައިޒަކަށް ފަރުނީޗަރު ޑިޒައިން ކޮށް، ޕްރީއޯޑަރު ކޮށްގެން ރާއްޖެ ގެނެސްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ގަންނަ ފަރުނީޗަރާ އެކު އިންޓީރިއާ ޑިޒައިނިން ޚިދުމަތް އީވޯއިން ހިލޭ ފޯރުކޮށްދޭކަން ފާހަގަ ކޮށްލެވެ އެވެ.

comment ކޮމެންޓް