އީވޯ ހޯމްއަށް ތިން އަހަރު: ފަރުނީޗަރު އެކަންޏެއް ނޫން، ޑިޒައިނިންގ ޚިދުމަތް ވެސް!

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މަޖީދީ މަގުގައި ހުންނަ، ފަރުނީޗަރު ވިއްކާ ބޮޑު ފިހާރަ "އީވޯ ހޯމް" ހުޅުވިތާ ތިން އަހަރު ފާއިތު ވެއްޖެ އެވެ. އީވޯގެ ތިންވަނަ އަހަރީ ދުވަހަކީ އޭޕްރިލް 20 ވަނަ ދުވަހެވެ. އެ ދުވަހާ ގުޅިގެން އީވޯ ހޯމްގައި 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިޔަށް ދާ އިރު، މާދަމާ ރޭ އެ ޕްރޮމޯޝަން ނިމޭނެ އެވެ.

ފަރުނީޗަރޭ ބުނި ނަމަވެސް، އެތަނުގައި ހުންނަނީ ފަރުނީޗަރު އެކަންޏެއް ނޫނެވެ. ފަރުނީޗަރާއި އެކު، ގޭގައި ހިފައި ގެންގުޅޭ ސާމާނު ވެސް ހުރެ އެވެ. ހުރިހާ އެއްޗެއް ވެސް ވަރަށް ކޮލިޓީ ރަނގަޅެވެ. ސީދާ ވިލާތުން އިމްޕޯޓުކޮށްގެން ގެނެސްފައިވާ ސާމާނެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އީވޯގެ ވިޔަފާރި ތިން އަހަރު ތެރޭ ފުޅާވެ، އިތުރު ދެ ގޮތްޕެއް ވެސް ވަނީ އެ ގަހުން ފަޅައިފަ އެވެ. އެއީ ބިންމަތީގައި ޖަހާ ޓައިލްސްއާއި ފިލާ ފަދަ ތަކެތީގެ ހައްލު އަހަރެމެންނަށް ހުށަހަޅާ "އީވޯ ފްލޯރިންގ"އާއި، ރިސޯޓުތަކުގެ ބޭނުންތަކާއި ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ "އީވޯ ސޮލިއުޝަންސް" އެވެ.

އީވޯގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު ރިޒްމާ ރަޝީދު (ރިޒޫ) "ސަން" އަށް ވަނީ، އީވޯގެ ވިޔަފާރިއާ ބެހޭ މައުލޫމާތުގެ އިތުރުން، އީވޯއިން ކުރިޔަށް ހިންގުމަށް ގަސްދުކޮށްފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

އީވޯގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު ރިޒްމާ ރަޝީދު "ސަން"އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އީވޯ ހޯމްގައި ބެޑްރޫމް ސެޓާއި، ކިޗަން ސެޓާއި، ޑައިނިންގ ސެޓާއި ގޭތެރޭގައި ގެންގުޅޭ ތަށްޓާއި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އޮފީސް ފަރުނީޗަރު ވެސް ވިއްކާ އިރު، ރިޒޫ ވިދާޅުވީ އީވޯ ހޯމްއިން ޚާއްސަ ފްރީ ސާވިސްއެއް ވެސް ލިބޭ ކަމަށެވެ.

"މިތަނުގައި ހަތަރު އިން ހައުސް ޑިޒައިނާސް ތިބޭނެ. ކަސްޓަމާއެއް މިތަނަށް އައީމާ އެ ކަސްޓަމާއެއްގެ އެކްސްޕެކްޓޭޝަންސަށް ކަސްޓަމް ޑިޒައިން ކޮށްދޭނެ ބަދިގެތައް. ހިލޭ ޑިޒައިން ކޮންސަލްޓޭޝަން ފޯރުކޮށްދެން. ޑިޒައިނެއް ހުށަހަޅާފައި، އެ ޑިޒައިނަށް ކަސްޓަމާ ހިތްހަމަ ޖެހުނީމާ މިކޮޅުން ކޯޓޭޝަންސް ހަދަނީ ވެސް،" ރިޒޫ ވިދާޅުވި އެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ކަސްޓަމް ޑިޒައިންކޮށް ބަދިގެ، ނުވަތަ އެނދާއި ކަބަޑު ފަދަ ފަރުނީޗަރު ވެސް ބޭނުން ނަމަ، އެ ޕްރޮޑަކްޓެއް ކަސްޓަމަރާ ހަމައަށް އަންނާނީ ސީދާ ޖަރުމަނު ވިލާތުން އުފައްދައިގެންނެވެ. ރިޒޫ ވިދާޅުވި ގޮތުގައި، ކަސްޓަމް ޑިޒައިން ކުރުމުގައި ކަސްޓަމަރު ހިތް ފުރޭނެ ވަރަކަށް ތަކެތި ޑިޒައިން ކުރެވޭނެ އެވެ. ޑިޒައިނަށް ލިމިޓެއް ވެސް ކަނޑައެޅިފައި ނުވެ އެވެ.

އީވޯއިން އިންޓީރިއާ ޑިޒައިނިންގ ޚިދުމަތް ވެސް ހިލޭ ފޯރުކޮށްދޭ އިރު، ޑިޒައިނަރުންނަށް ތަމްރީނު ލިބިފައި ވަނީ، އީވޯއިން ވިއްކާ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ މެނޭޖްމެންޓުގެ ފަރާތުންނެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އީވޯއިން "އީވޯ ފްލޯރިންގ" ހުޅުވިތާ މިހާރު އަހަރެއް ވެއްޖެ އެވެ. އެތަނުގައި ފްލޯރިންގއާއި، ޑެކިންގގެ އިތުރުން ޓައިލްސް ވެސް ލިބެން ހުރެ އެވެ. އަކަ ފޫޓެއް 20 ރުފިޔާ ހާ ހެޔޮ އަގުގައި ވެސް ބައެއް ޕްރޮޑަކްޓްސް އެތަނުގައި ހުރެ އެވެ.

"ފްލޯރިންގގެ ބްރޭންޑުތަކަކީ ވެސް ޖަރުމަނު ބްރޭންޑްސްތަކެއް. މިތަކެތީގައި ހުންނާނީ ކްލިކް ސިސްޓަމެއް. ވަރަށް ފަސޭހައިން އިންސްޓޯލްކޮށް، ޑިސްމެންޓަލް ކުރެވޭނެ. އެކަތި ގެ މައްޗަށް އަނެކަތި ލާފައި ކްލިކްއެއް ކޮށްލީމާ ފްލޯރިންގ އިންސްޓޯލް ކުރެވޭނެ. މިއީ ވަރަށް އިނޮވޭޓިވް، އަދި އިންސްޓޯލްކުރަން ފަސޭހަ ޓެކްނީކެއް،" ރިޒޫ ވިދާޅުވި އެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އީވޯ ފްލޯރިންގގެ ސްޓޮކު މާލޭގައި ހުރެ އެވެ. ކަސްޓަމަރުން ބޭނުންވާ ކުލައަކާއި މެޓީރިއަލެއް ލިބެން ހުންނާނެ އެވެ.

"ސްޓޭންޑާޑް ފްލޯރިންގސްތަކެއް ސްޓޮކުގައި ހުންނާނެ. އެކަމަކު ބައިވަރު ކުލަތައް ހުންނާނެ އެވެއިލަބަލް ކޮށް، މާލޭގައި ވަގުތުން ޑެލިވާ ކުރެވޭ ގޮތަށް. މާލެއިން ލިބެން ނެތް ކުލަތަކާއި މެޓީރިއަލްތައް ޕްރީ އޯޑާ ކުރެވޭނެ،" ރިޒޫ ވިދާޅުވި އެވެ.

ދެން އޮތީ އީވޯ ސޮއިލުޝަންސް އެވެ. އަންނަ މަހު އީވޯގެ މި ގޮތްޕަށް އަހަރެއް ފުރޭނެ އެވެ. ރިޒޫ ވިދާޅުވި ގޮތުގައި އީވޯ ސޮލިއުޝަންސްއަކީ ރިސޯޓުތަކާއި، ފުޑް އެންޑް ހޮސްޕިޓެލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ލިބެން ހުންނަ ތަނެކެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

"ވަރަށް ހިއުޖް ރޭންޖެއްގެ ފުޑް އެންޑް ބެވެރޭޖް އައިޓަމްސް، އޭގެ ތެރޭގައި ޕްލޭޓްސް، ކަޕްސް، ބިއްލޫރި ތަށި، ކަޓްލަރީ ފަދަ ތަކެތި އުޅޭނެ. ޔޫއެސްއޭ، ޔޫކޭ އަދި ޔޫރަޕުގެ ކަޓްލަރީ ބްރޭންޑްސް އުޅޭނެ،" ރިޒޫ ވިދާޅުވި އެވެ.

މީގެ އިތުރުން އީވޯ ސޮލިއުޝަންސްގައި ފާހަނާގައި ބޭނުންކުރާ ސެނިޓަރީވެއާ ވެސް ހުރެ އެވެ. އޭގެ ތެރޭގައި، އެފަދަ ތަކެތި އުފެއްދުމުގައި 65 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ޖަރުމަނުގެ "ލައުފެން" ބްރޭންޑްގެ ސާމާނު ވެސް ހުރެ އެވެ. އަދި އައުޓްޑޯ ފަރުނީޗަރު ވެސް އެތަނުން ޕްރީ އޯޑާ ކޮށްގެން ލިބޭނެ އެވެ.

ރިޒޫ ވިދާޅުވީ، އީވޯ ބޮޑުވަމުން، ތަރައްގީ ވަމުން އަންނަނީ، ކޮލިޓީ ސާމާނަށް ދިވެހީންގެ މެދުގައި އޮންނަ ބޭނުމާއި ޑިމާންޑު ބޮޑުވަމުން ދާތީ ކަމަށެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

"ދިވެހީންގެ، މިހާރު ވަރަށް ނީޑު އިނދޭ ކޮލިޓީ ޕްރޮޑަކްޓްސް ގަންނަން. އެ ޑިމާންޑާ އެކު އަޅުގަނޑުމެން މި ތިން އަހަރު ތެރޭގައި މިހިސާބަށް އައިސް މި ހުރީ. ވަރަށް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ،" ރިޒޫ ވިދާޅުވި އެވެ.

އީވޯއިން ގަބޫލު ކުރާ ގޮތުގައި، އީވޯއިން ވިއްކާ ފަރުނީޗަރާއި އެހެނިހެން ތަކެތީގެ ތަފާތާއި ޚާއްސަ ކަމަކީ، އެތައް ފަހަރަކު އެތަކެތި ރޫޅައި، އަލުން ރާވައި ހަދަން ޖެހުނަސް އެތަކެއްޗަށް ގެއްލުމެއް ނުލިބޭކަމެވެ.

"މިތަކެތި އެސެމްބަލް ކޮށް، ޑިސްމެންޓަލް ކުރެވޭނެ. ރާއްޖެއަކީ މީހުން ތަންތަން ރެންޓަށް ނަގައިގެންއުޅޭ ތަނެއް. މޫވް ކުރަން ޖެހޭނެ، ތަންތަނަށް ބަދަލު ވާންޖެހޭނެ. މިތަނުގެ ފަރުނީޗަރު އެކަމަކު ހަލާކެއް ނުވާނެ. ބައެއް ފަހަރު އިސްކުރު ޖަހާފައި، އެ ނައްޓާފައި، އަލުން ޖަހާ ނަމަ އެ ތަނެއް އިންނާނީ ހަލާކު ވެފައި. މިތަނުގެ ފަރުނީޗަރު އެހެނެއް ނުވާނެ. ކަބަޑުތަކުގެ ދޮރުތައް ވެސް ވަރަށް ރަނގަޅު ވާނެ. އަޑެއް ނުކިޔާނެ. އަދި ފެނާއި ކޫރު އެޅުނަސް ފަސޭހައިން ހަލާކެއް ނުވާނެ،" ރިޒޫ ވިދާޅުވި އެވެ.

އީވޯ ހޯމްއާއި އެތަނުގެ އެހެން ޝޯވރޫމްތަކުން ވެސް ވިއްކާ ތަކެތި ސީދާ ވިލާތުގެ ގައުމުތަކާއި، ޚާއްސަކޮށް ޖަރުމަނުން އިމްޕޯޓު ކުރާ އިރު، މިތަކެތީގެ އަގަކީ އެ ފެންވަރާ ބަލާފައި ވަރަށް ހެޔޮ އަގުތަކެކެވެ.

އީވޯ ހޯމް ޝޯރޫމްގެ އެތެރެ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ރިޒޫ ވިދާޅުވީ، މި ކޮލިޓީއާއި އަގުތަކުގައި ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް އީވޯއިން މާކެޓަށް ހުށަހަޅާ އިރު، ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ރަނގަޅު ތަކެތި މާކެޓަށް އޮފާ ކުރަމުން ގެންދާނެ ކަމަށެވެ.

އީވޯގެ ތިން ފިހާރަ މިހާތަނަށް މާލޭގައި ހުޅުވާފައި ވާ އިރު، ވަރަށް އަވަހަށް އީވޯގެ ވަރަށް ތަފާތު، ހަތަރުވަނަ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވިގެން ދާނެ އެވެ. މިއީ ރާއްޖެއަށް މިފަދަ ޚިދުމަތަކާއި ޕްރޮޑަކްޓްތަކެއް ލިބެން ހުންނާނެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް