ބޮޑު ޑިސްކައުންޓަކާ، އަގުހުރި އިނާމުތަކާއެކު އީވޯގެ ރޯދަ ސޭލްް ފަށައިފި

އީވޯ ހޯމްގެ މައި ޝޯރޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ޑިސްކައުންޓަކާ، އަގުހުރި އިނާމުތަކާއެކު އީވޯގެ ރޯދަ ސޭލް ފަށައިފިއެވެ.

އީވޯ އިން ބުނީ އެ ކުންފުނިން ވިއްކާ ވޯޑްރޯބް، ބެޑް ރޫމް ސެޓް، ލިވިން ރޫމް ފަރުނީޗަރު، ފްލޯރިން އަދި ސިލެސްޓޯން ވޯކްޓޮޕްސް ގަތުމުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އީވޯ އިން ވިއްކާ އުފެއްދުންތަކަކީ ކޮލެޓީ ރަނގަޅު ބްރޭންޑެޑް އުފެއްދުންތަކެވެ. ޔޫރަޕްގެ އިތުބާރު ލިބިފައިވާ ބްރޭންޑުތަކުގެ ބެޑްރޫމް ސެޓާއި ޑައިނިން ސެޓް އަދި ލިވިން ރޫމް ފަރުނީޗަރު އީވޯ އިން ވިއްކައެވެ.

އީވޯގެ ރޯދަ ޕްރޮމޯޝަނުގެ އެއްވަނައަށް ހުށަހަޅާފައިވާ އިނާމަކީ ދެ މީހަކަށް އުމްރާ ދަތުރެކެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ކޮންމެވެސް އެއްފަރާތަކަށް ބޯޝް ވޮޝިން މެޝިނެއްވެސް ލިބޭނެއެވެ.

comment ކޮމެންޓް