ރާއްޖޭގެ ދެކުނަށް ފެން އީދެއް، އެހެން ހިސާބުތަކަށް މޫސުން ރަނގަޅު: މެޓް

ގދ. ވާދޫގައި އީދު ކުޅިވަރު ކުޅެނީ-- މިފަހަރު އީދުގައި ދެކުނަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރޭ: ސަން ފައިލް ފޮޓޯ

ފިތުރު އީދުގައި ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރި ނަމަވެސް އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ޑައިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާއަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އެގޮތުން އީދާއި ދިމާކޮށް ރާއްޖޭގެ ދެކުނު ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ބަޔަކު ކުޑައިގެ ދަށުގައި . --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

"ހުޅަނގު މޫސުމުގެ ވިއްސާރަ ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ބެލެވެނީ ދޭތެރެ ދޭތެރެއިން، އެހާ ބޮޑު ވިއްސާރައެއް ނެތް، އެހެން ނަމަވެސް ރާއްޖޭގެ ދެކުނަށް ތަންކޮޅެއް ބޮޑަށް މެދު ރާއްޖެ ތެރެއާއި އުތުރަށްވުރެ ވިއްސާރަ." އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުކުރަން ނުރައްކާ ވާ ވަރަށް ރާއްޖޭގެ ކަނޑުތައް ގަދަނޫން ކަމަށެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

މިހާރު ވެސް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންނެވެ.

comment ކޮމެންޓް