އޮލިމްޕިކް ދަންމަރު ނިއްވާލަން އުޅުނު މީހަކު ހައްޔަރުކޮށްފި

އޯގަސްޓް 5-21އަށް ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބާއްވާ މިފަހަރުގެ އޮލިމްޕިކްސް ގެ ދަންމަރު -- ފޮޓޯ: ރިއޯ 2016

ރިއޯ ޑި ޖެނީރޯ -- މިއަހަރުގެ އޯގަސްޓް 5-21އަށް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގެ ދަންމަރު ނިއްވާލަން މަސައްކަތްކުރި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ބްރެޒިލްގެ މެދުތެރޭ އަވަށެއް ކަމަށްވާ މަރަކަޖޫއިން ހައްޔަރުކޮށްފައި ވަނީ، އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށް އެ އަވަށުގެ ފުލުހުން މައުލޫމާތުދެއެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ ފާމިންގ ހައުސް ކުރިމަތީން އޮލިމްޕިކް ދަންމަރާއެކު ކުރިއަށް ގެންދިޔަ ރެލީއެއްގައި، ދަންމަރަށް ފެންބާލިދީއެއް ޖަހައި ނިންވާލަން މަސައްކަތް ކުރުމުންކަމަށް އެ އަވަށުގެ ފުލުހުންނާ ހަވާލާދީ ރޮއިޓަސްއިން ބުނެއެވެ.

މަރަކަޖޫގެ ފުލުހުންގެ ފުލުހުންގެ އޮފިސަރަކު ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ، ދައުލަތުގެ މުދަލަކަށް ގެންލުންދޭން މަސައްކަތްކުރުމުގެ ކުށުގައި ކަމަށެވެ. އެގޮތުން ކުށުގެ ބާވަތުން އެ އަމަލު ހިންގި މީހާގެ މައްޗަށް ހަމަހާއި ތިން އަހަރާ ދެމެދުގެ ޖަލުހުކުމެއް އިއްވުމަކީ އެކަށީގެން ވާކަމެއް ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

"އޭނާ [ދަންމްރު ނިއްވާލަން އުޅުނު މީހާ] ބުނީ އެއީ މަޖަލަކަށް ކުރިކަމެއް ކަމަށް. ފޭސްބުކްގައި އޭނާއާ ބަޔަކު ކުރި ޗެލެންޖެއް ކަމަށް،" އޮފިސަރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރިއޯގެ އޮލިމްޕިކް އޯގަނައިޒިން ކޮމިޓީން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ޔޫޓިއުބުގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރެލީގައި ބަޔަކު ދުވެފައި ދަނިކޮށް އޮލިމްޕިކް ދަންމަރު ހިފައިގެން ހުރި މީހާއާ ދިމާއަށް މީހަކު ފިލައިހުތެ ފެންއެއްޗެއް އުކާލައެވެ. އެހެން ނަމަވެސް، އޭގެ ސަބަބުން ދަންމަރަށް އެއްވެސް ކަހަލަ އަސަރެއް ނުކޮށް އޭގެ ހުޅުކޮޅު އަނދައަނދާ ހުއްޓެވެ.

ހައްޔަރު ކުރި މީހާ ވަނީ 294.74 އެމެރިކާ ޑޮލަރު ދެއްކުމުން ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

އޯގަސްޓް 5ގައި ރިއޯގައި އޮލިމްޕިކް ފެށުމުގެ ކުރީން، ބްރެޒިލްގެ 300 ސިޓީއެއްގައި (12،400 މޭލް) އޮލިމްޕިކް ދަންމަރު ހިފައިގެން ރެލީކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް