އައްޑޫއާއި ފުވައްމުލަކަށް 13 ބަސް ގެނެސްފި

ބަހަކުން ސްކޫލްކުދިންތަކެއް ފައިބަނީ: --- ސަން ފައިލް ފޮޓޯ

ފުވައްމުލަކަށާއި އައްޑޫ ސިޓީއަށް ބަހުގެ ހިދުމަތް ދިނުމަށްޓަކައި 13 ބަހެއް ގެނެސްފި އެވެ.

މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ސަން އަށް ވިދާޅުވީ އެދެ ރަށަށް ބަހުގެ ހިދުމަތް ދިނުމަށް އެކުންފުއްޏާ ހަވާލުކޮށްފައިވާ އިރު އެކަމަށް ބޭނުންވާ 13 ބަސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މާލޭ ބަނދަރުގައި ހުރި އެބަސްތައް ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި އައްޑުއަށާއި ފުވައްމުލަކަށް ގެންދެވޭނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.

އެބަސްތައް އެދެ ރަށަށް ގެންދިއުމަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ޚިދުމަތްދޭން ފަށާނެ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

ގެނެސްފައިވާ 13 ބަހަކީ ބުރޭންޑް ނިއު އޭސީ ބޮޑެތި ބަސްތަކެކެވެ.

comment ކޮމެންޓް