ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

މާރާމާރީ ހިންގި ސަރަހައްދެއް ބަންދުކޮށްފައި ----- ސަން ފައިލް ފޮޓޯ

މާލޭގައި މިއަދު ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ނަލަހިޔާ ކައިރިން ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ 22 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

އެ ޒުވާނާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު އަދި ނުލިބެއެވެ.

މި މަހުގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހިންގި އެކި އެކި މާރާމާރީތަކުގައި ފަސް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް މިދުވަސްކޮޅު އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް