ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ދަށް ކުރަން ބޭނުން ކުރެވިދާނެ ބުއިމެއް!

ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކަކީ ހަށިގަނޑަށް ގެއްލުން ހުރި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު އިތުރުވުމެވެ. އެހެންކަމުން ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ދަށްކޮށް ބެހެއްޓުމަށް ޓަކައި ފައިދާ ހުރި ކާނާ ކެއުމަށާއި ކަސްރަތު ކުރަން އާދަކުރަން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވިދާނެ އެއް ބުއިން ފާހަގަކޮށްލާނަމެވެ.

ބޭނުންވާ ތަކެތި:

1 ލޮނުމެދު ބޮނޑި (ގާނާފައި)

1/2 ސައިސަމުސާ ގާނާފައި ހުރި އިނގުރު

1 ތަށި ލުނބޯ ޖޫސް

1 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނެގާ

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް އެއްކޮށް ބްލެންޑް ކޮށްލުމަށް ފަހު ފުރާނާލާށެވެ. އަދި މަތިޖެހި އެއްޗެއްގައި ފްރިޖުގައި ރައްކާ ކުރާށެވެ.

ކޮންމެ ދުވަހަކު ކެއުމުގެ ކުރިން އެއް ސައިސަމުސާ ބޭނުން ކުރާށެވެ. އޭގެ ރަހަ ކަމުނުދާ ނަމަ ސްމޫތީއެއް ފަދަ މީރު ބުއިމަކަށް އަޅައިގެން ބުއިންވެސް ރަނގަޅެވެ.

ކޮލެސްޓްރޯލް އާއި ބްލަޑް ޕްރެޝާ ހުންނަ ފަރާތްތަކަށް މިބުއިން ރަނގަޅީ އޭގައި ހިމެނޭ ހުރިހާ ބައިތަކަކީ ވެސް ލެއަށް ފައިދާހުރި ބައިތަކަށް ވާތީ އެވެ. އެގޮތުން ލޮނުމެދަކީ ލޭ ދައުރުވުން ފަސޭހަކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ލޭގަނޑުވުމުން ރައްކާތެރިވެ، ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަވެ އެވެ. އަދި އިނގުރަކީ ލޭހޮޅިތަކުގައި ކޮލެސްޓްރޯލް ހަރުލުން ހުއްޓުވައި އޭގެ ސަބަބުން ދުޅަވުމުން ނުވަތަ އިންފްލެމޭޓު ވުމުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ.

މީގެ އިތުރުން، އެޕަލް ސިޑާ ވިނެގާ އަކީ ލެއިން ވިހަ މާއްދާތައް ބޭރުކޮށްލުމަށް އެހީތެރިވެދޭ އެއްޗަކަށްވާ އިރު، މާމުޔަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން ލޭހޮޅިތަކުގެ އެތެރޭގެ ފަށަލަ ތެރެއަށް ކޮލެސްޓްރޯލް ވަދެ ލޭހޮޅިތައް ބެދުމުން ރައްކާތެރިކޮށްދެ އެވެ.

މައުލޫމާތު: ހެލްތްޑައިޖެސްޓް

comment ކޮމެންޓް