ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437ގެ ބޮޑު ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ މިއަދު އިނާމް ހަވާލުކޮށްފި އެވެ.
ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ އެ ޕްރޮމޯޝަންގައި ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވެ އެވެ.
އެ ޕްރޮމޯޝަންގައި ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި އެލްޖީ ބްރޭންޑްގެ ފޯކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ އަކާއި ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާ އެކު ޖުމްލަ 65000 ރުފިޔާ އަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެ އެވެ.
ވޭތުވެދިޔަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ހ.ސޯސަން ވިލާ ޑރ. އަބްދުﷲ ޖުނައިދު އެވެ. އޭނާ އަށް މިއަދު ރަސްމީކޮށް އިނާމް ހަވާލުކޮށް، ދެ ވަނަ ހަފްތާގެ ނަސީބުވެރިޔާ ވެސް ވަނީ ހޮވައިފަ އެވެ. އެގޮތުން ދިރާގު ރޯދަ ބޮޑު ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ. އެފަރާތާ އިނާމު ހަވާލުކުރާނީ އަންނަ ހުކުރު ދުވަހު އެވެ.
ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާ ގުޅިގެން ކުރިޔަށްގެންދާ އިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަންތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން ފަސް ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ވަނީ އިނާމް ހަވާލުކޮށްފަ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ މ.މޫމިޔާގެ މުހަންމަދު އައިމަން އާދަމެވެ.
އެ ޕްރޮމޯޝަނަކީ ‘iftar’ ޖެއްސެވުމަށް ފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންއަށް ކުރާ ކޮންމެ އެސްއެމްއެސް އަކަށް އެއް ރުފިޔާ ޗާޖު ކުރާއިރު ދިރާގުން ވަނީ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމަވައިފަ އެވެ.
ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން އަދިވެސް އިތުރު ތަފާތު ޕްރޮމޯޝަންތަކަކާއި ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހުޅުވާލާފައިވާއިރު އެ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް ލިބެމުންދާނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.