ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ދެކެވޭ ވާހަކަތައް ޑެހެއާ ދޮގުކޮށްފި

ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ --- ފޮޓޯ: އޭޕީ

ގަދަކަމުން އަންހެނަކާއެކު ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އަންހެނަކަށް މަޖުބޫރު ކުރުވައިގެން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގައި ޑެހެއާ ބައިވެރިކަމަށް މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޑިއަރިއޯ އިން ވަނީ ޚަބަރު ފަތުރައިފަ އެވެ.

އެ ހަބަރުތައް ބުނާ ގޮތުގައި، އެ އަންހެން މީހާ ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. އެކަން ހިންގި މެޑްރިޑުގެ ހޮޓަލް ކުއްޔަށް ހިފާފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ 'ޓޯބް' ނަމަކަށް ކިޔާ މީހެއް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެ ހަބަރުތައް ފަތުރާފައި ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފްރާންސްގައި ޔޫރޯ އަށް ޑެހެއާ ތައްޔާރުވަމުން ދަނިކޮށެވެ.

comment ކޮމެންޓް