ކަރަންޓުގެ އަގަށް ބަދަލު އަންނާނީ މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް އެކަނި، ގޭބިސީތަކަކަށް ނާންނާނެ: ސްޓެލްކޯ

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ-- ސަން ފައިލް ފޮޓޯ

ކަރަންޓު ބިލަށް އަލަށް އައި ބަދަލާއެކު ކަރަންޓު ބިލް ބޮޑުވެގެންދާނީ މާލެ ސަރަހައްދުގެ ބޮޑެތި ވިޔަފާރިތަކުން ކަމަށާއި ކުރިއާ އެއްގޮތަށް ގޭބިސީތަކުގެ ކަރަންޓު ބިލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް މިއަދު "ސަން"އަށް ވިދާޅުވީ ކަރަންޓު ބިލަށް ބަދަލު އަންނާނީ މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން 3000 ޔުނިޓަށްވުރެ މަތިން ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ކަމަށެވެ. ގޭބިސީތަކަށް ޗާޖު ކުރާނީ ފެބްރުއަރީ މަހުން ފެށިގެން އަގަށް ގެނައި ރޭޓުން ކަމަށް ރައޫފު ވިދާޅުވިއެވެ.

"އަށް ވަނަ ދުވަހު ނެރުނު އިއުލާނާއެކު އަގަށް ބަދަލު އަންނާނީ ހަމައެކަނި ގުރޭޓާ މާލޭ އޭރިއާގެ ވިޔަފާރިތަކަށް، ގޭ ބިސީތަކަށް ނަގާނީ މިހާރުވެސް ނަގާ އަގު." ރައޫފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަށް ރުފިޔާއާއި ހަމައަށް ތެޔޮ ލީޓަރެއްގެ ގަންނަންލިބޭނަމަ 600 ދަށުން ޔުނިޓް އަރާ ފަރާތްތަކަށް ޑިސްކައުންޓް އެކުން ފުނިން ދެމުން އަންނަ ކަމަށެވެ.

އަލަށް އިތުރުކޮށްފައިވާ ތިން ބޭންޑަކީ

3،000 - 600 ޔުނިޓާ ދެމެދުގެ ބޭންޑު - ޓެރިފްއަކީ 4.35 ރުފިޔާ

10،000 - 3،000 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފްއަކީ 5.75 ރުފިޔާ

10،000 ޔުނިޓަށް ވުރެ މަތީގެ ބޭންޑު: ޓެރިފްއަކީ 6.65 ރުފިޔާ

މީގެ ކުރިނެ ހުރި ބޭންޑުތަކާއި އޭގެ ޓެރިފް ރޭޓުތައް

100 - 0 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.30 ރުފިޔާ

300 - 101 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.35 ރުފިޔާ

500 - 301 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.65 ރުފިޔާ

600 - 501 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 4.00 ރުފިޔާ

600 ޔުނިޓުން މަތީގެ ބޭންޑު: ޓެރިފް ރޭޓަކީ 4.35

މީގެ އިތުރުން ބޭންޑުތަކުން ވެސް، ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު 8.00 ރުފިޔާއަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް، ކިލޯވަޓަކަށް 0.03 ރުފިޔާގެ ނިސްބަތުން ފިއުލް ސާޗާޖު ނެގުމުގެ ހުއްދަ އެނާޖީ އޮތޯރިޓީއިން ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ބޮޑުކޮށްފައިވަނިކޮށް، މާލެ ގޭބީސީތަކުގެ ކަރަންޓު ބިލުގެ އަގު ކުޑަ ކުރާނެ ކަމަށް ކުރިން ސުޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ބުނަނީ ގޭބިސީތަކުގެ ކަރަންޓުބިލަށް ބަދަލެއް ނާންނާނެ ކަމަށެވެ.

comment ކޮމެންޓް