ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ސީރިއާގެ އަށް ކުއްޖަކު މަރާލައިފި

މިދިޔަ އާދީއްތަ ދުވަހު ސީރިއާ އަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ސަރަހައްދެއް ކައިރީގައި ކުއްޖަކު މަޑުކޮށްލައިގެން ---

އިއްޔެ މުޅި ދުނިޔޭގައި ފާހަގަކުރަން ފެށި ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ސީރިއާ އަށް ދިން ވައިގެ ހަމަލާއެއްގައި އެގައުމުގެ 17 މީހުން މަރުވެއްޖެ އެވެ.

ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، އައިއެސް އިން ހިފައިގެން އުޅޭ ސީރިއާގެ އިރުމަތީގައި އޮންނަ އަލް އާޝާރާގެ ބާރުބޮޑު މާރުކޭޓަކަށް ދިން ވައިގެ ހަމަލާއެއްގައި މަރުވި މީހުންގެ ތެރޭގައި އަށް ކުޑަކުދިން ހިމެނޭ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވިޔަފާރިކުރަން ގިނަ ބަޔަކު އެ މާރުކޭޓަށް ޖަމާވެފައި ވަނިކޮށް އެ ހަމަލާ ދީފައި ވަނީ ރަޝިއާ ނުވަތަ ސީރިއާ ސަރުކާރުގެ ބޯޓުތަކުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ނަމަވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ، އާޝާރާ ސަހަރަށް އެގައުމުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން އިއްޔެ ހަމަލާދީފައިނުވާނެ ކަމަށެވެ.

އޭނާ ބުނީ، މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެއް އާއިލާއެއްގެ މީހުން ކަމަށެވެ. އަދި ހަމަލާއަށް ފަހު މީހުންނަށް ލިބުނު ސީރިއަސް ޒަހަމްތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށް ބުންޏެވެ.

ހަނގުރާމަވެރި ޖަމާއަތް އައިއެސްގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ހަތް ވަނަ އަށް އެންމެ ބޮޑު ސިޓީ ދެއިރް އައް ޒޫރަށް އިއްޔެ ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

comment ކޮމެންޓް