ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން ރޯދަ މަހުގެ ކޮންމެ ދުވަހަކު ހަވީރު ހުޅުވާފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިރޭ ސަން އަށް ވިދާޅުވީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ފެންއަރުވާ ވަޑާން ހުޅުވާފައި ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ރޯދަ މަހުގެ ހަވީރު ގިނަ އަދަދެއްގެ ކުޑަކުދިން ފެންއަރުވާ ވަޑާމުގެ ހިތްކައިގައިމުންކަން ބަލާލަން ދާންބޭނުންވާނެތީ ކަމަށެވެ.
މީގެކުރިން ފެންއަރުވާ ވަޑާން ހުޅުވާފައި ހުންނަނީ ހަމައެކަނި ހަފްތާ ބަންދުގަ އެވެ.
ރޯދަ މަހު އެތަން ހުޅުވާފައި ހުންނައިރު މިޔުޒިކް ނުހުންނާނެ ކަމަށް ވެސް އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.