ބޯކޯ ހަރާމުން ނައިޖާ އަށް ދިން ހަމަލާއެއްގައި 32 ސިފައިން މަރާލައިފި

ނައިޖީރިއާ އާއި ނައިޖާގެ ސިފައިން ވަނީ ބޯކޯ ހަރާމް އިންް ހިފާފައިވާ ސަރަހައްދު އަނބުރާ ނަގާފަ -- ފޮޓޯ: އޭއެފްޕީ

ނިއާމޭ (ޖޫން 5): ބޯކޯ ހަރާމާއި ނައިޖީރިއާއާ ނައިޖާގެ އަސްކަރިއްޔާއާ ދެމެދު ހުކުރު ދުވަހު ހިނގި ހަމަލާ ބަދަލުކުރުންތަކެއްގައި ނައިޖާގެ 30 ސިފައިންނާއި ނައިޖީރިއާގެ ދެ ސިފައިން މަރުވެފައިވާ ކަމަށް ނައިޖާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ބޯކޯ ހަރާމުން ހަމަލާދިނީ ނައިޖީރިއާގެ ބޯޑަރު މަތީ އޮންނަ ބޯސޯ ސިޓީގައި އަސްކަރިއްޔާއިން ފާރަމަރަމުން ދިޔަ ސަރަހައްދަކަށެވެ. އެހަމަލާގައި 32 ސިފައިން މަރުވުމުގެ އިތުރުން 67 މީހަކަށް އަނިޔާވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެހަމަލާތަކުގައި އިދިކޮޅު ފަރާތްތަކަށް ވެސް ގެއްލުންވެފައިވެ އެވެ. އަދި ބޯކޯ ހަރާމުން ހަމަލާދިން ސަރަހައްދު މިހާރު ވަނީ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އަނެއްކާ ވެސް ގެންގޮސްފަ އެވެ.

ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އާ ހަނގުރާމަ ކުރަން ނައިޖާ އިން މިހާރު ދަނީ ނައިޖީރިއާ ފަދަ އެފްރިކާގެ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. (އޭޕީީ)

comment ކޮމެންޓް