ރީފްސައިޑް ޔޫރޯކަޕް ޕްރޮމޯޝަން ފަށައިފި

ބަޔަކު ރީފްސައިޑުގައި ހުރި ޓީވީތަކެއް ބަލާލަނީ ----- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރީފްސައިޑުން ސޮނީ، ހައިސެންސް އަދި އެލްޖީ ބްރޭންޑުގެ ޓީވީތަކަށް ހާއްސަކޮށް ރީފްސައިޑް ޔޫރޯކަޕް 2016 ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އެ ޕްރޮމޯޝަންތައް ކުރިއަށް ދާނީ އޯކިޑުމަގުގައި ހުންނަ ރީފްސައިޑް ޓީވީ ފިހާރައިގަ އެވެ.

ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ހައިސެންސް ޓީވީއަކަށް ފްރޯ ބްރެކެޓެއް ލިބޭނެ ކަމަށެވެ.

މިފަހަރުގެ ޕްރޮމޯޝަންގެ ދަށުން ތިން ބްރޭންޑެއްގެ ޓީވީ ހެޔޮ އަގެއްގައި ގަންނަން ލިބޭއިރު، ސޮނީ ބްރޭންޑުގެ ޓީވީތައް ގަންނަ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއްނަގާނެ އެވެ. އެގޮތުން ތިން ލަކީޑްރޯ ނަގާއިރު ބަލްކް އެސްއެމްއެސް ކޮންޓެސްޓުގެ ލަކީވިނާ އަކާއި ސޯޝަލް މީޑިއާ ކޮންޓެސްޓްގެ ނަސީބުވެރިއެއް ހޮވާނެ އެވެ.

ލަކީޑްރޯތަކުގެ ތެރެއިން އެއްވަނައަށް ލިބޭ އިނާމަކީ 55އިންޗީގެ ސޮނީ ޓީވީއެކެވެ. ދެވަނަ އަށް އޭ5000 20 މެގަޕިކްސަލްގެ ޑިޖިޓަލް ކެމެރާއެއް ލިބޭއިރު ތިންވަނަ އަށް ލިބޭނީ ސީފޯ ސްމާޓްފޯނެކެވެ.

ބަލްކް އެސްއެމްއެސް ކޮންޓެސްޓްގެ ނަސީބުވެރިޔާއަށް ޕީއެސްފޯ އެއް ލިބޭއިރު ސޯޝަލް މީޑިއާ ކޮންޓެސްޓްތަކުގެ ނަސީބުވެރިޔާއަށް ލިބެނީ އެމްޑީއާރު 100އޭބީއެންގެ ހެޑްފޯނެކެވެ.

އޭނާ ވިދާޅުވީ ރީފްސައިޑަކީ މިހާރު އެލްޖީގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޓީވީ ސެންޓަރުން އެލްޖީ ޓީވީ ހެޔޮ އަގެއްގައި ގަންނަން ލިބޭއިރު އެލްޖީޓީވީ ތަކާ އެކު ހިލޭ ގިނަ އިނާމުތަކެއް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް