ދުވަސްވީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މ.ނަސީމީ ގޭގައި ފުލުހުން ހަރަކާތްތެރި ވަނީ. އެގޭގައި މިއަދު ވަނީ އުމުރުން ދުވަސްވީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި --- ސަން ފޮޓޯ: އަހްމަދު މުޖުތަބާ

މާލޭ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ޒަހަމްވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

އޭނާއަށް މާބޮޑު ޒަހަމެއް ލިބިފައި ނުވާކަމަށް އޮފިސަރު ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މ.ނަސީމީ ގޭގައި ކަމަށެވެ.

އަދި އެގޭގައި ދިރިއުޅޭ 80 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި، ހަމަލާ ދިން ކަމަށް ބުނާ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.

ހަމަލާ ދިނުމުން ޒަހަމްވި މީހާއަށް އައިޖީއެމްޗްގައި ދަނީ ފަރުވާދެމުންނެވެ.

comment ކޮމެންޓް